logo

ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކު އިސްތިސްނާއެއް ނުވާނެ: ވަޒީރު އިހުސާން

profile

އާމިނަތު ޝަފާ - 02 އޯގަސްޓު 2024 - 21:22

ހެޕީ މާކެޓްގެ އުޅަނދެއް ފުލުހުން ޓޯ ކުރަނީ

ހެޕީ މާކެޓްގެ އުޅަނދެއް ފުލުހުން ޓޯ ކުރަނީ

ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކު އިސްތިސްނާ ނުކުރައްވާނެކަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ހެޕީ މާކެޓްގެ ވެހިކަލެއް ފުލުހުން ޓޯ ކުރުމުން އެކަމުގެ މައުލޫމާތު ހިއްސާކޮށް ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ހެޕީ މާކެޓްގެ ވެހިކަލް ޓޯ ކުރާ މަންޒަރު ފެންނަ ފޮޓޯއެއްވެސް ހިއްސާކުރައްވާ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވަނީ ގާނޫނު ތަންފީޒުކުރުމުގައި ވަކި މީހަކު އިސްތިސްނާކޮށް ހާއްސަ ނުކުރުމަށްކަމަށެވެ.

އަދި ރައީސް އަންގަވާފައިވަނީ އެންމެ ހަމަހަމަކޮށް ގާނޫނު ތަންފީޒުކުރަންކަމަށާއި ފުލުހުންނާއި އެނޫންވެސް ތަންފީޒީ އިދާރާތަކުން އަމަލުކުރާނީ އެގޮތަށްކަމަށް އިހުސާން ވިދާޅުވިއެވެ.

ވަޒީރުކަމަށް ވަޑައިގެންނެވުމުގެ ކުރިން އިހުސާންވަނީ ހެޕީ މާކެޓްގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ.

ފަހަކަށް އައިސް ފުލުހުން އަންނަނީ މަގުމަތީގައި ގަވާއިދާ ހިލާފަށް ޕާކް ކޮށްފައިހުންނަ އުޅަނދުތައް ނަގަމުންނެވެ.

tel:+9607331319