logo

ގާފަރު ސްކޫލް ދަރިވަރުންނަށް ސިހުރު ހަދާފައިވާ މައްސަލައެއް ފެންމަތިވެއްޖެ

profile

އަހުމަދު ޒަލީފު - 22 މާރިޗު 2024 - 18:45

މާލެއަތޮޅު ގާފަރު

މާލެއަތޮޅު ގާފަރު

ކ. ގާފަރު ސްކޫލްގެ ބައެއް ދަރިވަރުންނަށް ސިހުރު ހަދާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގާފަރު ސްކޫލްގެ ޓީޗަރެއް ކަމަށްވާ އަހުމަދު ސަބާހް އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ގާފަރު ސްކޫލްގެ އާ އިމާރާތުގެ އަށް ކުލާސްރޫމަށް ސިހުރު ހަދާފައިވާ 57 ތަނެއް ބާތިލްކޮށްފައިވާ ކަމަށެވެ. އެރޭ ސިހުރު ބާތިލްކުރަން ނިކުތް އިރު އަސްލު ސިހުރު އޮޅުވާލުމަށް ސިހުރުވެރިޔާ އެކި ތަންތަނަށް ފެން އަޅާފައި ހުރި ކަމަށް އޭނާ ބުންޏެވެ.

" ސުކޫލުގެ ބައެއް ދަރިވަރުންނަށް ދިމާވެފައި ބައެއް މައްސަލަތައް ޝަރުއީ ދިރާސީ ރުގުޔާގެ އުސޫލުތައް ބޭނުންކޮށްގެން ދިރާސާކުރުމުން އެނގުނީ އެތައް ދަރިވަރުންނަށް އަމާޒުކޮށް އެދަރިވަރުންގެ އިލްމީ ހަޔާތް ހަލާކުކޮށްލުމަށްޓަކައި ސިހުރު ހަދާފައިވާ ކަން. އެގޮތުން 1444 ވަނަ އަހަރުގެ ގުރްއާން މުބާރާތުގެ އުމުރުފުރާތަކުން އެންމެ މޮޅު ފަސް ދަރިވަރުންގެ ޓުރޮފީތަކަށް ސިހުރު ހަދާފައި ވަނީ ސްޓާފުރޫމުގައި ހުއްޓާކަން ފާހަގަކުރެވިފައިވޭ. އަދި 1445 ވަނަ އަހަރުގެ ގުރްއާން މުބާރާތުގެ ހުރިހާ ޓުރޮފީތަކަށް ސިހުރު ހަދާފައިވަނީ ގުދަނުގައި ހުއްޓާކަން ވެސް ފާހަގަ ކުރެވިފައިވޭ." ސަބާހް ޕޯސްޓުގައި ބުނެފައިވެއެވެ.

ސަބާހް ބުނެފައިވާ ގޮތުގައި ސްޓާފުރޫމަކީ ކޮންމެ މީހަކަށް ވަދޭވޭ ތަނެއް ނޫނެވެ. ގުދަން ހުޅުވޭނީ ސްޓާފުރޫމު ނުވަތަ އޮފީސް ހުޅުވައިގެން ކަމަށްވާތީ އޭނާ ބުނި ގޮތުގައި މި ކަމުން ދޭހަވަނީ ސުކޫލުގައި މަސައްކަތްކުރާ ބަޔަކު މި ކަމުގެ ތެރޭގައި އުޅޭ ކަމެވެ.

"މިއީ ނުރައްކާތެރި ސިގްނަލެއް. ދަރިވަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށް ހަދާފައިވާ 100 އަށްވުރެ ގިނަ ސިހުރު އަދިވެސް ސުކޫލުގެ ހަތަރު ފާރުގެ ތެރެއިން ފާހަގަ ކުރެވިފައިވޭ. އަހަރެމެން ސަލާމަތުން ތިބިނަމަ މަސައްކަތް ހުއްޓާލާނީ އެތަކެތި ނަގާ ބާތިލުކުރުމަށް ފަހުގައި." ސަބާހް ޕޯސްޓުގައި ބުނެފައިވެއެވެ.

https://wamco.com.mv/
tel:+9607331319