
ޖުޒާމް ބަލި ރާއްޖޭއިން އެއްކޮށް ނެތިފައިވާތީ އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްދެއްވަނީ
ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ރާއްޖެ

އަހުމަދު ޒަލީފު - 01 ނޮވެމްބަރު 2023 - 02:58
ޖުޒާމް ބަލި ނުވަތަ ލެފްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމު ޝަރަފު ރާއްޖެއަށް ލިބިއްޖެއެވެ.
ޖުޒާމް ބަލި ފެތުރުން ހުއްޓުވިކަމުގެ އެވޯޑް ރާއްޖެއަށް ދީފައިވަނީ މިހާރު ނިއުދިއްލީގައި ކުރިޔަށްދާ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއު އެޗްއޯގެ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުގެ ބައްދަލުވުމުގައެވެ. މި އެވޯޑް ރާއްޖެއަށް އެރުވީ ޑރ ޕޫނަމް ކެރަތަޕާލް ސިންގއެވެ. މި އެވޯޑާއި ރާއްޖޭގެ ފަރާތުން ހަވާލުވެޑައިގަތީ ހެލްތް މިނިސްޓަރ އަހްމަދު ނަސީމުއެވެ. ރާއްޖެއިން ހޯދި މި ކާމިޔާބީއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަރުހާބާ ކިޔާފައެވެ.
މި ކާމިޔާބީއާ ގުޅިގެން ހެލްތް މިނިސްޓްރީން ވަނީ، ޖުޒާމް ބަލީގެ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.
ޖުޒާމް ބަލިން ފެތުރުން ހުއްޓުވި ފުރަތަމަ ޤައުމަކަށް ރާއްޖެ ވުމަށް " ޒީރޯ ލެޕްރަސީ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށީ 2019 ވަނައަހަރުގެ ތެރޭގައެވެ.
ޖުޒާމް ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭއިން ވެސް މި ބަލީގެ މީހުން ވަރަށް ގިނައިން 80 އަހަރުތަކުގެ ކުރިން ފެނިފައިވެއެވެ. މި ބަލި ރައްކާތެރިވުމަށް އެދެވޭ ފަރުވާއެއް ނެތް ދުވަސްވަރު ބަލި ޖެހޭ މީހުން ގެންގުޅެމުން ގެންދިޔައީ އެހެން މީހުންނާއި އެކަހެރިކޮށްގެންނެވެ. އެގޮތުން ރަށްރަށުގެ ވަކި ސަރަހަހައްދެއްގައި އަދި ބައެއް މީހުން ފަޅު ރަށްރަށުގައިވެސް ބޭތިއްބިއެވެ.
ޖުޒާމް ބައްޔަށް ހާއްސަ ބޭހެއް ތައާރަފުވުމުން އެ ބައްޔަށް ފަރުވާދޭނެ އިންތިޒާމުތައް ރާއްޖޭގައި ކަނޑައަޅާ ވަކި އުސޫލަކުން އެބަލީގެ މީހުންނަށް ފަރުވާދޭން ފެށިއެވެ. އޭގެ ފަހުން 1997ގައި، ޖުޒާމް ބައްޔަކީ ރާއްޖޭގައި އާއްމު ސިއްހަތަށް ނުރައްކަލެއް ނޫންކަމަށް ވަނީ ކަނޑައަޅާފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


