
މަޝްރޫއުތައް ގާތުން ބައްލަވާލެއްވުމަށް އެމްޓީސީސީގެ ވެރިން ހުވަދު އަތޮޅަށް!
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 12 އޭޕްރީލު 2025 - 15:37
މަޝްރޫއުތައް ގާތުން ބައްލަވާލެއްވުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ - އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް ބްރިގޭޑިއަރ އަޙްމަދު ސައުދީ އާއި އެ ކުންފުނީގެ އިސްވެރިންގެ ޓީމެއް ހުވަދު އަތޮޅަށް ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ދަތުރުގައި އެމްޑީ ސައުދީގެ އިތުރުން އެމްޓީސީސީގެ ޗެއަރމަން މުޙައްމަދު އަފީފް ޙުސައިން އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދު އަދި ސީނިއަރ މެނޭޖްމަންޓްގެ އެހެން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ދަތުރުގައި އެމްޓިސިސީގެ ސީނިއަރ މެނޭޖްމަންޓްގެ ޓީމުން ގދ. ތިނަދޫގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އިންޑަސްޓްރިއަލް ޒޯން އާއި ޝޯ ޕްރޮޓެކްޝަން ސްޓްރަކްޗަރގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ މިންވަރު ބައްލަވާލެއްވިއެވެ. އަދި މަޝްރޫޢު ސައިޓުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.
މީގެ އިތުރުން ތިނަދޫ 5 ޒޯންގައި މަސައްކަތްކުރައްވާ އާރްޓިއެލްގެ މުވައްޒަފުންނާ ވެސް ބައްދަލުކުރެއްވިއެވެ.
އެމްޓީސީސީގެ އެ ޓީމުން "މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ" މަސައްކަތް ކުރިއަށްދާ މިންވަރު ވެސް ބައްލަވާލެއްވިއެވެ. މި މަޝްރޫޢުއަކީ 8.57 މިލިއަން ރުފިޔާގެ އަގުގައި ކުރިއަށްދާ މަޝްރޫޢުއެކެވެ.
މި މަޝްރޫޢުގެ ދަށުން 333 މިޓަރުގެ ދިގުމިނުގެ ކޯޒްވޭއެއް އެޅުމުގެ އިތުރުން 206 މިޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، 222 މިޓަރުގެ މަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން