logo

ވައިޑް ބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރު ޗައިނާއަށް

profile

ޝުރުފާ މުހައްމަދު - 07 ޖެނުއަރީ 2025 - 14:40

މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑްބޮޑީ އެއަރކްރާފްޓްގެ ފުރަތަމަ ދަތުރު އޮންނާނީ ޗައިނާ އަށް ކަމަށް މޯލްޑިވިއަން އިން ބުނެފި އެވެ.

https://wamco.com.mv/

މޯލްޑިވިއަން އެއާލައިންގެ ޚިދުމަތްތައް ފުޅާކުރުމަށް ވައިޑް ބޮޑީ އެއާކްރާފްޓެއް ގެނައީ އިއްޔެގައެވެ. އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެއާކްރާފްޓްގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށާއި، ދެވަނަ ބޯޓެއް ގެނެސް އެ ދަތުރު އޮކްޓޯބަރު މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅޭގޮތުން މޯލްޑިވިއަން އިން ބުނީ.، އެއާކްރާފްޓްގެ ފުރަތަމަ ދަތުރު ކުރާނީ ޗައިނާ އަށް ކަމަށެވެ. އެކަމަކު އަދި ޝެޑިއުލް ނުކުރާ ކަމަށްވެސް ބުންޏެވެ.

މޯލްޑިިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރީ ސިންގަޕޫރުންނެވެ.

މޯލްޑިވިއަންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް ގެނައި ވައިޑް-ބޮޑީ މަތިންދާ ބޯޓަކީ 264 މީހުންގެ ޖާގައިގެ އެއަރބަސް އޭ330ގެ 200 ވޭރިއަންޓްގެ މަތިންދާ ބޯޓެކެވެ.

މި ތާރީޚީ ފްލައިޓްގައި ޕައިލެންޓުންގެ ގޮތުގައި ތިބީ މުޅިން ވެސް ދިވެހި ޕައިލެޓުންނެވެ. އެއީ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ.

މި ފްލައިޓްގެ ފަސްޓް އޮފިސަރެއްގެ ގޮތުގައި ހުންނެވީ އޭވިއޭޝަން ދާއިރާގައި 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އޭނާ މިވަގުތު މަސައްކަތް ކުރައްވަނީ ގަތަރު އެއާލައިންގައެވެ. އިންޖިނިއަރަކަށް ވެސް ހުންނެވީ ދިވެއްސެއް ކަމަށްވާ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ހަރަކާތްތެރިވީ ދިވެހިންނެވެ.

އެ މަތިންދާބޯޓް ޖެއްސުމުގެ ކުރިން ވަނީ އެއާ ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ހަރަކާތުގައި އެއާބަސް އޭ330 ބޯޓާއި މޯލްޑިވިއަންގެ އޭޓީއާރް ހަތަރު ބޯޓާއެކު މާލެއާއި ހުޅުމާލެ ވައިގެ ސަރަހައްދުގައި ދަތުރުކޮށްފައި ވެއެވެ.

އެއާބަސް އޭ 330 ބޯޓަކީ 260 މީހުންގެ ޖާގައިގެ ބޯޓެކެވެ. ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާހުގައި ދަތުރު ކުރެވޭނެއެވެ. އެއީ ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ.

އެހެންވެ، ޓްރާންސިޓު ނުކޮށް، ދުރު މަންޒިލްތަކަށް މިބޯޓުގައި ދަތުރު ކުރެވޭނެއެވެ. އެ ބޯޓުން 10 ޓަނުގެ ކާގޯ އުފުލޭނެއެވެ.

އެއާބަސް އޭ 330 ބޯޓާއެކު، ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ކުރާނެއެވެ. އެއީ ބެއިންޖިންއާއި ޝެންހާއީއާއި ޗެންގްޑޫއެވެ.

މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އެބައޮތެވެ.

އެއީ، އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި ޑޭޝް މަރުކާގެ 8 ބޯޓާއި އޭޓީއާރުގެ 4 ބޯޓާއި ސީ ޕްލޭންގެ 11 އޭޓީއާރްގެ 4 ބޯޓާއި ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ. މި ވަގުތު ބޭރު ދަތުރުތައް ކުރުމަށް ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.

މޯލްޑިވިއަން ގެ ހިދުމަތް 2000 ވަނަ އަހަރު ފެށީ ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާއެކުގައެވެ. މިއަދު މޯލްޑިވިއަނަށް ގެންނަ އެއާބަސް އޭ330 ބޯޓާ އެކު އެ އެއާލައިންގެ ފްލީޓުގެ އަދަދު 25 އަށް އިތުރުވާނެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay