
ސީ ޕްލޭންތަކުން ރޭނގަޑުގެ ދަތުރުތަކަށް ތައްޔާރުވަނީ!

ރިޟްވާން މޫސާ - 22 އޯގަސްޓު 2026 - 07:48
މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އެ ކުންފުނިން ހާމަކުރައްވަިއފި އެވެ.
މޯލްޑިވިއަންގެ ސީޕްލޭންތަކާއި ގުޅޭ ގޮތުން އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް އަލި އަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ މޯލްޑިވިއަނުން އަލަށް ގެންނަ ސީޕްލޭން ބޯޓުތަކާއެކު ރޭގަނޑު ދަތުރުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށެވެ.
މޯލްޑިވިއަންގެ ސީޕްލޭން ފްލީޓްގައި މިވަގުތު 11 ބޯޓު އެބައޮތެވެ. އަދި ސީޕްލޭންގެ ފްލީޓް ބޮޑުކުރުމަށް އެ ކުންފުނިން ދަނީ މަސައްކަތްކުރަމުނެވެ.
ރާއްޖޭގެ ރިސޯޓަކުގެ އިތުރުން ބައެެއް ރަށްރަށަށް މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތައް ފަށާފައިވާއިރު މި ދަތުރުތަކަކީ މޯލްޑިވިއަން އަށް ވަރަށް ބޮޑު މަންފާއެއް ވަމުން އަންނަ ދަތުރެުތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.
މިމަހުގެ 11 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ ކެނެޑާގެ ކުންފުންޏަކާއެކު 2 ސީޕްލޭން ގަތުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ ޑީ.އެޗް.ސީ-6 ޓްވިން އޮޓަރ ކްލަސިކް 300-ޖީ މަރުކާގެ 2 ބޯޓެވެ.
އަލީ ސަލީމް ވިދާޅުވީ، މި ބޯޓުތަކަކީ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ޒަމާނީ އެއަރކްރާފްޓް ތަކެއްކަމަށެވެ. މި ބޯޓުތަކާއެކު ސީޕްލޭން ދަތުރުތައް ރޭގަނޑު ކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ވަނީ ދެކުނުގެ 4 އަތޮޅު ވައިގެމަގުން ގުޅުވާލާފައެވެ. މި ބޯޓުތަކަކީ ވީލްބޭސްކޮށް ބޭނުންކުރެވޭ ބޯތުތަކަކަށްވުމުގެ ސަބަބުން މިއީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ލިބިގެންދާނެ ބޮޑު ފަސޭހައަކާއި ކުރިއެރުމަކަށް ވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހުރިހާވެސް މައްސަލައަކީ ލާމަރުކަޒީ ނިޒާމެއްނެތި މާލެއިން ހުރިހާ ކަމެއް ކުރަން އުޅުން: ރައީސް ނަޝީދު
4 ގަޑިއިރު ކުރިން

ބައްޔެއްގެ ނަން ބޭނުންކުރުން މަނާކުރިޔަސް އެ ބަލި ފަސޭހައެއް ނުވާނެ: ރައީސް ޔާމީން
5 ގަޑިއިރު ކުރިން

ރައީސް، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި
10 ގަޑިއިރު ކުރިން

ހޯމްވޯކް ނުހެދިކަމަށް ބުނެ ޓީޗަރު އަނިޔާކުރުމުން ދަރިވަރަކު މަރުވެއްޖެ!
11 ގަޑިއިރު ކުރިން


