
ހުރިހާވެސް މައްސަލައަކީ ލާމަރުކަޒީ ނިޒާމެއްނެތި މާލެއިން ހުރިހާ ކަމެއް ކުރަން އުޅުން: ރައީސް ނަޝީދު

އާމިނަތު ޝަޒްލާ - 22 އޯގަސްޓު 2026 - 18:50
ރައްޔިތުން ނުކުމެ އިޙްތިޖާޖުކޮށް ވެރިކަންތައް ބަދަލުކުރަނީ ކޮން ހާލެއް ޖެހިގެންތޯ އަމިއްލަފުޅަށް ސުވާލުކުރައްވަން ޖެހޭ ކަމަށާއި، މި ހުރިހާ މައްސަލައެއްގެ އަސްލަކީ ލާމަރުކަޒީ ނިޒާމެއް ނެތި މާލެއިން ހުރިހާ ކަމެއް ހިންގަން މާލޭގެ ވެރިން މާބޮޑަށް ވިސްނުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ގދ. ތިނަދޫގައި މީހުން އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ޖަޒީރާވަންތަ ޠަބީޢަތަށް ބަލާއިރު، ރަށްރަށުގެ ޙާލަތާއި ކުރަންޖެހޭ ކަންކަން އެންމެ ރަނގަޅަށް ވަޒަންކުރެވޭނީ ސީދާ އެ ރަށެއްގެ ރައްޔިތުންނަށް ކަމަށާއި، އެހެންކަމުން، ޤާނޫނަށް އިޞްލާޙު ގެނެސްގެން ރަށްރަށުގެ އިޚްތިޞާޞްގެ ތެރެއިން ބިންތައް ވަކިކުރުމަށް ކުރެވޭ މަސައްކަތްތަކާ މެދު ރައްޔިތުން ފަރުވާކުޑައެއް ނުކުރާނެ ކަމަށާއި، އަދި ޤައުމުގެ ލާމަރުކަޒީ ނިޒާމާއި ތަރައްޤީ ފަހަތަށް ދިޔުމަށް ދިވެހި އެއްވެސް ރައްޔިތަކު ޖާގައެއް ނުދޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނެސް، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހުރި ބިންތައް ސަރުކާރަށް ނެގުމަށް މަސައްކަތް ކުރައްވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ފައްކާކުރައްވަނީ "ރަނގަޅު ބަޣާވާތެއް" ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ބައްޔެއްގެ ނަން ބޭނުންކުރުން މަނާކުރިޔަސް އެ ބަލި ފަސޭހައެއް ނުވާނެ: ރައީސް ޔާމީން
4 ގަޑިއިރު ކުރިން

ރައީސް، ފަލާޙް ޕްރީސްކޫލްގެ ރަންޔޫބީލް ފާހަގަކުރުމުގެ ޖަލްސާ، ޝަރަފުވެރިކޮށްދެއްވައިފި
9 ގަޑިއިރު ކުރިން

ހޯމްވޯކް ނުހެދިކަމަށް ބުނެ ޓީޗަރު އަނިޔާކުރުމުން ދަރިވަރަކު މަރުވެއްޖެ!
11 ގަޑިއިރު ކުރިން

ސީ ޕްލޭންތަކުން ރޭނގަޑުގެ ދަތުރުތަކަށް ތައްޔާރުވަނީ!
14 ގަޑިއިރު ކުރިން


