
ލިވަޕޫލް ކުޅުންތެރިން އުފާލފާޅުކުރަނީ
ލިވަޕޫލްވެސް ލީގު ކަޕްގެ ކްއާޓާ ފައިނަލަށް

ހަފްސީ އަބްދުﷲ - 31 އޮކްޓޯބަރު 2024 - 03:43
ބްރައިޓަން ބަލިކޮށް, ލިވަޕޫލްވެސް އިމގިރޭސި ލީގު ކަޕް (ކަރަބޯމ ކަޕް) ގެ ކްއާޓާ ފައިނަލުން ޖާގަ ޔަގީންކޮށްފި އެވެ. ބްރައިޓަންގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 3-2 ނެވެ.
މެޗުގައި ކޯޑީ ގަކްޕޯ ދެ ލަނޑު ޖެހިއެވެ. ދެވަނަ ހާފްގައި ލިވަޕޫލްގެ ފުރަތަމަ ދެ ލަނޑުވެސް ޖެހީ އޭނާ އޭނާ އެވެ. 81 ވަނަ މިނިޓްގައި ބްރައިޓަންގެ އަޑިންގްރާ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައި ވަނިކޮށް, ލިވަޕޫލްގެ ތިންވަނަ ލަނޑު ޖެހީ ލުއިސް ޑިއާޒް އެވެ. ޑިއާޒް ލަނޑު ޖެހީ 85 ވަނަ މިނިޓްގައެވެ. ބްރައިޓައިން ދެވަނަ ލަނޑެއް ޖެހީ މެޗުގެ ފަހު މިނިޓްގައެވެ. ދެވަނަ ލަނޑު ޖެހީ ލަމްޕްޓޭ އެވެ.
ކްއާޓާ ފައިނަލްގައި ލިވަޕޫލް ވާދަކުރާނީ ސައުތްހެމްޓަން އާއެވެ. ކްއާޓާ ފައިނަލްގެ އެހެން މެޗުތަކަށް ބަލާއިރު އާސެނަލް ވާދަކުރާނީ ކްރިސްޓަލް ޕެލަސްއާއެވެ. މެންޗެސްޓަރ ޔުނައިޓެޑް ވާދަކުރާނީ ޓޮޓްނަމް އާއެވެ. ނިއުކާސަލް ޔުނައިޓެޑް ވާދަކުރާނީ ބްރެންޓްފޯޑް އާއެވެ.
ގުޅުން ހުރި ޙަބަރުތައް

ޖެސޫސްގެ ހެޓްރިކުން އާސެނަލް ލީގު ކަޕް ސެމީ އަށް
6 މަސް ކުރިން

މެންޗެސްޓަރ ޔުނައިޓެޑް ކަޓުވާލުމަށްފަހު ލީގު ކަޕްގެ ސެމީފައިނަލްގެ ފަހު ޖާގަ ޓޮޓްނަމް އަށް
6 މަސް ކުރިން

އާސެނަލްގެ ދަނޑުގައި މޮޅުވެ, ނިއުކާސަލް ކަރަބޯ ކަޕް ފައިނަލްގެ ފުރުޞަތު ބޮޑުކޮށްފި
6 މަސް ކުރިން

ލިވަޕޫލް ބަލިކޮށް, ފުރަތަމަ ލެގުން ޓޮޓްނަމް ކުރި ހޯދައިފި
6 މަސް ކުރިން