
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މުޙައްމަދު ފަޟްލޫން - 28 ނޮވެމްބަރު 2025 - 08:29
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން ދިއުމުގެ ސަބަބުން ހުރިހާ އޮފީސްތަކާއި ސްކޫލުތައް ވަނީ ބަންދުކޮށްފައެވެ.
ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 56 މީހުން ވަނީ މަރުވެފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
މިދިޔަ ހަފުތާއިން ފެށިގެން ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި 600 އަށް ވުރެ ގިނަ ގެ ހަލާކުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ބުރާސްފަތި ދުވަހު މޫސުން ވަރަށް ބޮޑަށް ގޯސްވެ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ވަނީ ހިނގާފަ އެވެ.
ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ކޯރުތައް ފުރި ބަންޑުންވަމުން ދިއުމާއި ގުޅިގެން އެއްގައުމު ދަތުރުފަތުރު ތަކަށްވެސް ވަނީ ހުރަސްއެޅިފަ އެވެ.
އެގޮތުން ބައެއް ސަރަހައްދުތަކުގެ ރޭލު ދަތުރުތައް މެދުކަނޑާލާފައިވާއިރު، ބައެއް މަގުތަށްވެސް ވަނީ ފެންބޮޑުވުމާއި ކިސަޑު އަދި ވެއްޓިފައިވާ ގަސްތަކާއި އިމާރާތްތަކުގެ ސަބަބުން ބަންދުކޮށްފަ އެވެ.
ފަރުބަދަމަތީ ސަރަހައްދުތައް ކަމަށްވާ ބަޑުއްލާ އަދި ނޫރައްލިޔާ އިން 25 މީހުން މަރުވި ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
ސްރީލަންކާގައި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ ރެސްކިއު ޓީމްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ބިންގަޑު ކަނޑައިގެން ދިއުމާއި ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު މީހުންގެ އަދަދު އަދި މުޅިން ސާފެއް ނޫނެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯޓު މަރުކަޒުތަކަށް އޮފިޝަލުން ތަމްރީނުކުރުން- ހުވަދުއަތޮޅު ދެކުނުބުރީގެ ޕްރޮގްރާމުތައް
6 ގަޑިއިރު ކުރިން

ބަނގުރާފުޅިތަކާއެކު ހަތަރު މީހަކު ހައްޔަރު
6 ގަޑިއިރު ކުރިން

ސަރުކާރުގެ ޕޮލިޓިކަލް ޑައިރެކްޓަރު ވަކިކޮށްފި
6 ގަޑިއިރު ކުރިން

ގަވައިދާ ޙިލާފު ސިގިރެޓު ވިޔަފާރި- ބިދޭސީ މީހާގެ ބަންދު އިތުރުކޮށްފި
11 ގަޑިއިރު ކުރިން


