
ރާއްޖެއާއި ނިއުޒީލެންޑްގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2025 - 11:22
ނިއުޒީލެންޑްގެ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރ، އެކްސެލެންސީ ޑޭވިޑް ޕައިން، މިނިސްޓަރ ޠާރިޤް އިބްރާހިމްއާ އިޙްތިރާމްގެ އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ.
މި ބައްދަލުވުމުގައި، މިނިސްޓަރ ޠާރިޤް އިބްރާހިމް ވަނީ ނިއުޒީލެންޑުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ފަހަކަށް އައިސް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި، އެކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި، ދެޤައުމުގެ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
މީގެ އިތުރުން، ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނު ކަމަށް ރަސްމީ މަޢުލޫމާތުތައް ބުނެއެވެ. ބައްދަލުވުމުގައި ދެފަރާތުންވެސް ފާހަގަކުރެއްވީ، ރާއްޖެއާއި ނިއުޒީލެންޑަކީވެސް ކުދި ޖަޒީރާ ޤައުމުތަކެއްގެ ގޮތުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ޤައުމުތައް ކަމެވެ. މިހެންކަމުން، މި ދާއިރާއިން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ބަދަލުކުރުމުގެ މުހިންމުކަމަށް ދެބޭފުޅުންވެސް އަލިއަޅުއްވައިލެއްވިއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ނިއުޒީލެންޑްގެ ގުޅުން އިތުރަށް ވަރުގަދަކޮށް، ދެޤައުމަށް ވެސް ފައިދާހުރި ގޮތަކަށް އެކި ދާއިރާތަކުން ގުޅުން ހިންގުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެއް ކަމަށް ބެލެވެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


