logo

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު އިފްތިތާޙްކޮށްފި

profile

އާމިނަތު ޝަޒްލާ - 04 ސެޕްޓެމްބަރު 2026 - 10:25

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ އަހަރީ ފޮތް މައުރަޒު މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

https://wamco.com.mv/

މި މައުރަޒު އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މިކަމަށްޓަކައި މިއަދު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، އެމްއެންޔޫ ބުކް ރައިޓިންގ ގްރާންޓުގެ ދަށުން އަލަށް ނެރުނު ފޮތް ވެސް ވަޒީރު ޑރ. ޝަހީމް ވަނީ ނެރެދެއްވާފައެވެ. އަދި ރަސްމިއްޔާތު ނިމުމަށްފަހު، އެމަނިކުފާނު ވަނީ މައުރަޒުގައި ބަހައްޓާފައިވާ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، ސްޓޯލްތައް ބައްލަވާލައްވާފައެވެ.

އެމްއެންޔޫގެ މި ފޮތް މައުރަޒު ކުރިއަށްދާނީ މިއަދާއި މާދަމާ (ހުކުރު އަދި ހޮނިހިރު) ދުވަހުއެވެ. އެގޮތުން މައުރަޒު ހުޅުވިފައި ހުންނާނީ މި ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށެވެ.

މި މައުރަޒަކީ ފޮތް ލިޔުންތެރިންނާއި، ފޮތް ޝާއިޢުކުރާ ފަރާތްތަކުގެ އިތުރުން ވިއްކާ މީހުންނާއި ގަންނަ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، މުޖުތަމަޢުގައި ފޮތް ކިޔުމުގެ ރީތި އާދަ އަށަގެންނެވުމާއި އިތުރުކުރުމުގެ މަޤްޞަދުގައި އެ ޔުނިވާސިޓީން ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް ބާއްވަމުން އަންނަ މައުރަޒެކެވެ.

https://wamco.com.mv/
tel:+9607331319