
އޭއީއެޗް އިތުރަށް ތަރައްގީކޮށް، ހިދުމަތްތައް ފުޅާކުރުމަށްޓަކައި މަޝްރޫއުތަކެއް ފަށައިފި

އާމިނަތު ޝަޒްލާ - 18 ޖޫން 2026 - 06:59
ދިވެހިރާއްޖޭގެ ދެކުނުގެ ސިއްހީ ނިޒާމުގެ މައި މަރުކަޒު، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިތުރަށް ތަރައްގީކޮށް، ޚިދުމަތްތަކުގެ ފެންވަރު އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި 150 މިލިއަން ރުފިޔާގެ ބިޔަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ.
މީސްމީޑިއާއަށް ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ސީއީއޯ ޑރ. އަހުމަދު އަދީލް ނަސީރު ވިދާޅުވީ، ހޮސްޕިޓަލުގެ އުމްރާނީ އޮނިގަނޑު ހަރުދަނާކޮށް، ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިހާރުވެސް އެކި މަރުހަލާތަކުގައި ބާރުދުވެލީގައި ކުރިއަށްދާ ކަމަށެވެ.
މި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މާލީ އެހީތެރިކަމާއެކު 50 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ ޕްރައިވެޓް ރޫމްތައް އިތުރުކުރުމުގެ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން ބިނާކުރާ ތިން ފަންގިފިލާގެ އައު އިމާރާތުގައި 10 ޕްރައިވެޓް ރޫމް ގާއިމުކުރެވޭނެއެވެ. ޑރ. އަދީލް ފާހަގަކުރެއްވި ގޮތުގައި، މި އިމާރާތުގެ މަސައްކަތް ފެށުމަށްޓަކައި ބޭނުންވާ ބިން ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެއެވެ.
މީގެ އިތުރުން، ހޮސްޕިޓަލުގައި މިހާރު ހުރި އެގްޒެކެޓިވް ރޫމްތައް ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި 20 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަރުމާކޮށް، އަމަލީ މަސައްކަތަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
ދެކުނުގެ ފަތުރުވެރިކަމާއި ފީނުމުގެ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދީގެން، ކަނޑުގެ އަޑީގައި ދިމާވާ ހާދިސާތަކަށް ފަރުވާދިނުމަށް ބޭނުންވާ "ހައިޕާބެރިކް ޗެމްބާ" އެއް ގާއިމުކުރުމުގެ މަސައްކަތްވެސް އޭއީއެޗް އިން އަންނަނީ ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ. ހަމައެއާއެކު، ތެރަޕިއުޓިކް ފަރުވާތައް ފުޅާކުރުމަށްޓަކައި ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި
32 މިނިޓު ކުރިން

ވަޒީފާ ބުރާސްފަތި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރާ ކަމެއް ނޫން: ރައީސް ނަޝީދު
33 މިނިޓު ކުރިން

ރާއްޖެ ދަރަނިވެރި ކުރުވީ ކޮންބައެއްކަން އެނގެންޖެހޭ: އާދަމް ޝަރީފް
33 މިނިޓު ކުރިން

ހުސައިން ޢަބްދުއްރަޙްމާން ނިޔާވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
34 މިނިޓު ކުރިން


.gif&w=3840&q=75)