
އީރާން ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ: ޓްރަމްޕް

ރިޟްވާން މޫސާ - 07 މޭ 2026 - 13:12
އެމެރިކާއިން ހުށަހަޅާފައިވާ ސުލްޙައިގެ ޝަރުޠުތައް އީރާނުން މުތާލިޢާ ކުރަމުންދާއިރު، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ "ވަރަށް އަވަހަށް" ނިމުމަކަށް ގެނެވޭނެ ކަމުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކުރެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމަށާއި، އީރާނުން ވެސް އެއްބަސްވުމެއް އެކުލަވައިލުމަށް ބޭނުންވާ ކަމުގައެވެ.
ފެބުރުވަރީ 28 ގައި ޞަހްޔޫނީން ރުއްސުމަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އެމެރިކާއިން ވަނީ 14 ނުކުތާގެ މައްޗަށް އެކުލެވޭ އެއްބަސްވުމެއް ހުށަހަޅާފައެވެ.
ނަމަވެސް، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ތަރުޖަމާނު އިބްރާހީމް ރިޒާއީ ވަނީ، ޓްރަމްޕްގެ ހުށަހެޅުމަކީ ޙަޤީޤަތާ ދުރު، ވޮޝިންގޓަނުގެ އުންމީދުތަކުގެ ލިސްޓެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ސުލްޙައިގެ ވާހަކަތަކާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި ތެލުގެ އަގު %11 ދަށަށް ގޮސް، ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު 98 ޑޮލަރަށް ވެއްޓުނެވެ. މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލީބާފް ދާދިފަހުން ވަނީ ވޮޝިންގޓަނުން ދައްކަމުންދާ ވާހަކަަތަކަށް މަލާމާތް ރައްދުކުރައްވާފައެވެ.
އޭނާ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގެ ނަމުގައި އެމެރިކާއިން ހިންގި އަސްކަރީ ހަރަކާތްތައް ނާކާމިޔާބުވުމުން، އެ ކަން ފޮރުވުމަށް ޓްރަމްޕް ދޮގު ޚަބަރުތަކެއް ފަތުރައްވަމުން ގެންދަވާ ކަމުގައެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން ވެސް، ޕާކިސްތާނުގެ މެދުވެރިކަމާއެކު ކުރަމުންދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމުގައި ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ހަނގުރާމައިގެ އަސްކަރީ މައިދާން އަދިވެސް ހޫނުކޮށް އޮތްއިރު، އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން ވަނީ އީރާނުގެ ބަނދަރަކަށް ދަތުރުކުރި 'އެމްޓީ ޙަސްނާ' ނަމަކަށް ކިޔާ ތެޔޮ އުފުލާ އުޅަނދަކަށް ޙަމަލާދީ، އެ އުޅަނދު ހުއްޓުވާފައެވެ.
ނަމަވެސް، ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާގައި އޭނާ ޗައިނާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅުގެ ކުރިން އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ފައްޔާޒަކީ ތެދުބަހުން ވާހަ ދައްކާ ބޭފުޅެއް: ވައްޑޭ
3 ގަޑިއިރު ކުރިން

ތެލެސީމިއާ ކުދިންނަށް އޯގާތެރިވުމަށް އިލްތިމާސް ކުރަން: ސާޖިދާ
3 ގަޑިއިރު ކުރިން
ލަންކާގައި ދިރިއުޅުއްވާ ދިވެހިންގެ ހުރިހައި ކަންބޮޑުވުންތަކެއް ރައީސް އަަޑުއެއްސެވި: މުންދު
21 ގަޑިއިރު ކުރިން
"ސަރުކާރުގެ މީޑިޔާ ވިލެޖް" އަންނަ މަހު ނިމޭނެ: މުންދު
21 ގަޑިއިރު ކުރިން


.gif&w=3840&q=75)