މޮރޮކޯގެ އެމްބަސެޑަރު މުޙައްމަދު މަލިކީ، އިސްލާމިކް މިނިސްޓަރާ ބައްދަލުކުރައްވައިފި
އައިޝަތު އިނާޝާ - 27 ޖެނުއަރީ 2025 - 13:30
މޮރޮކޯގެ ނަން ރެސިޑެންޓް އެމްބަސެޑަރ މުޙައްމަދު މަލިކީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އިސްލާމިކް މިނިސްޓްރީގައެވެ.
މި ބައްދަލުކުރެއްްވުމުގައި މިނިސްޓަރު ވަނީ މޮރޮކޯގެ އެމްބަސެޑަރ އެމަނިކުފާނާ ބައްދަލުކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިމާމުން ތަމްރީން ކުރެއްވުމަށް މިނިސްޓްއިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު މޮރޮކޯގެ އެމްބަސެޑަރާ މިނިސްޓަރު ވަނީ ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން މޮރޮކޯއިން އިމާމުން ތަމްރީންކުރުމަށް ހުރި އެކި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން