
މިނިސްޓަރ އާދަމް ޝަރީފް އުމަރު
ލާމަރުކަޒީ ޤާނުނަށް އިޞްލާޙު ހުށައެޅުމަށް ހަދާ ދިރާސާ އޯގަސްޓްމަހު ނިންމަނީ

އާމިނަތު ޝަފާ - 16 ޖުލައި 2024 - 05:32
ލާމަރުކަޒީ ޤާނޫނަށް އިޞްލާޙު ހުށައެޅުމަށް ޤައުމީ ޔުނިވާރސިޓީން ހަދާ ދިރާސާ ރިޕޯރޓް އަންނަ އޯގަސްޓްމަހުގެ މެދުތެރެ ހިސާބުގައި ނިމޭނެ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އިޞްލާޙީ ބަދަލު ގެންނަން ވާނީ ފަހަރަކު ތަންކޮޅެއް ބަދަލުކޮށްގެން ނޫންކަމަށާއި މުޅި ނިޒާމަށް އޭގެ ސަބަބުން ހެޔޮ ބަދަލުތައް ގެނެވޭނެ ގޮތެއްގެ މައްޗަށް ކަމުގައެވެ.
ލާމަރުކަޒީ ނިޒާމުގެ ޤާނޫނަށް ބަދަލު ގެންނައުމަށް ޤައުމީ ޔުނިވާރސިޓީއާއެކު ވަރަށް ގިނަ މަސައްކަތްތައް ކުރެވެމުންދާކަމަށާއި މިކަމުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރިޕޯރޓް ލިބުމުން އޭގެ އަލީގައި ކަމާ ގުޅުން ހުރި މުއައްސަސާތަކާއި އާންމު ރައްޔިތުންނާއި އަދި ގިނަ ބައެއްގެ ރައުޔު ހޯދުމާއެކު ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ އިޞްލާޙުތައް ދެނެގަނެ އެ ކަމުގެ މައްޗަށް މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމުގެ ތަފާތު މޮޑެލްތަކެއް ހުރި ކަމަށާ، އެ ހުރިހައި ކަންކަމަށް ރިއާޔަތްކުރުން ވެސް ވަރަށް މުހިންމު ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ރައްޔިތުންގެ އިތުބާރު އަދިވެސް ޝަރުއީ ދާއިރާއަކަށް ނެތް
3 އަހަރު ކުރިން

ފުޓް ބޯޅައިގެ ހަޔާތުން ރެޔެއް - އުފަލާއި ހިތާމަ
3 އަހަރު ކުރިން

"ހަދިޔާ ދޭންޖެހޭ" ސަގާފަތް އުފެއްދީ މިދިޔަ ސަރުކާރުން - އެމްއާރުއެމް
3 އަހަރު ކުރިން

ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަން ޤާނޫނީ ނިޒާމަށް އިސްލާހު ގެނެވިއްޖެ - ފައްޔާޒު
3 އަހަރު ކުރިން