logo

ޕީޖީގެ މަގާމަށް އައްބާސްގެ ނަން ހުށަހަޅުއްވައިފި

profile

މަރްޔަމް އުމްނާ އިސްމާޢީލް - 11 ސެޕްޓެމްބަރު 2024 - 21:50

ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް

ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފް

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކެޓްރީ އައްބާސް ޝަރީފްގެ ނަން ރައިސުލްޖުމްހޫރިއްުޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ޕީޖީގެ މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަކާއި އެކު ރައީސް ފޮނުއްވި ސިޓީ ފުޅު ވަނީ މި ހިނގަމުންދާ 20 ވަނަ މަޖިލީހުގެ ދައުރުން ބޭރުގައި މިރޭ ބޭއްވި ޖަލްސާގައި މަޖިީލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އިއްވަވާފައެވެ.

"...ހ. ޔެލޯ ރޯޒް އަލްއުސްތާޒް އައްބާސް ޝަރީފް އައްޔަނުކުރުމަށްޓަކައި އެ މަނިކުފާނުގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވައި އެ މަޖިލީހުން ނިންމެވި ގޮތް އަންގަވައި ދެއްވުން އެދެމެވެ." ރައީސްގެ ސިޓީފުޅު ގައި ވެ އެވެ.

ަރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންނެވީ އައްބާސް އެ މަގާމަށް އައްޔަނުކުރެއްވުމަ ށެވެ.

އައްބާސްގެ އިތުރުން، އެ މަގާމަށް ކުރިމަތިލާފައިވާ އެހެން ފަރާތްތަކުގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.

ތަޅުމުގައި އިއުލާނުކުރުމަށްފަހު، ރިޔާސަތުން ވަނީ އެ ނަންތައް ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވާފަ އެވެ.

ތަޖުރިބާކާރު ވަކީލެއްގެ ގޮތުގައި ވެސް ފާހަގަކުރެވޭ އައްބާސް އަކީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވި ބޭފުޅެކެވެ.

ޕީޖީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކިކުރުމާ ގުޅިގެން ނެވެ.

tel:+9607331319