logo

ސްޓެލްކޯގެ 469 މުވައްޒަފުން ލީޑަރޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކޮށްފި

profile

ޒިދާން މުޙައްމަދު - 13 އޮކްޓޯބަރު 2024 - 11:11

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ - ސްޓެލްކޯގެ 469 މުވައްޒަފުން ލީޑަރޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ސްޓެލްކޯގެ 469 މުވައްޒަފުން ލީޑަރޝިޕް އެންހޭސްމެންޓް ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އެންމެ ފަހުން އެ ޕްރޮގްރާމްގެ ތަމްރީނަށް ގިރިފުށްޓައް ދިޔަ 51 މުވައްޒަފުން ތަމްރީން ނިންމައި އަނބުރާ އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ސްޓެލްކޯގެ އެމްޑީ ވަނީ އެ ތަމްރީން ޕްރޮގްރާމް ނިންމި ހަފްލާ ޝަރަފުވެރި ކޮށްދެވީތީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއަށް ޝުކުރު އަދާކުރައްވާފައެވެ. ފަހުމީ ވިދާޅުވީ 469 މުވައްޒަފުން ތަމްރީންކުރެވިފައިވުމުން ހާމަވަނީ ސްޓެލްކޯއިން މުވައްޒަފުންގެ ކުރިއެރުމަށްދޭ އަހައްމިއްޔަތުކަން ކަމަށެވެ.

އޭނާ ވަނީ ގައުމުގެ ޒުވާނުން ބާރުވެރިކޮށް ތަމްރީން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ އެއްބާރުލުމަށް ވެސް ޝުކުރު އަދާކުރައްވާފައެވެ.

ކަރަންޓު ކުންފުނި ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށް ސިލްސިލާ ގޮތެއްގައި ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމެއް ކުރިއަށް ގެންދަނީ ގައުމީ ދިފާއީ ބާރުންނެވެ.


https://wamco.com.mv/
tel:+9607331319