logo
ޕީޕީއެމުން ބޭއްވި ރެލީއެއްގެ ތެރެއިން

ޕީޕީއެމުން ބޭއްވި ރެލީއެއްގެ ތެރެއިން

ބޭރު މީހުންނަށް ބިން ވިއްކާތީ އިދިކޮޅުން އެއްވަނީ

profile

އައިޝަތު ޝާނީ - 09 ފެބްރުއަރީ 2023 - 10:29

ބޭރު މީހުންނަށް ބިން ވިއްކުމާ ދެކޮޅަށް މާލޭ މަގުތަކަށް އެއްވަން އިދިކޮޅުން ނިންމައިފިއެވެ.

https://wamco.com.mv/

ތިލަފުށީގެ 10 އިންސައްތަ ބިން ބޭރުމީހުންނަށް ވިއްކުމަށް ސަރުކާރުމް ނިންމާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، ސަރުކާރުން ހާމަކޮށްފައިވާ ގޮތުން ބޭރު ފަރާތްތަކަށް އެ ބިންތައް ދޫކުރަނީ ކުއްޔަށެވެ.

ދިވެހި ވިޔަފާރިވެރިންނަށް ބިމުގެ ދަތިކަން މިހާރުވެސް ކުރިމަތިވެފައިވާއިރު ބީލަމުގެ އުސޫލުން ތިލަފުށިން 99 އަހަރަށް ބިދޭސީންނަށް ބިން ކުއްޔަށް ދޫކުރުމުން، ދިވެހި ވިޔަފާރިވެރިންނާއި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އަދި ހަމައެހެންމެ މިކަމާ ގުޅިގެން، ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓުވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ގަރާރެއް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިއެވެ. ނަމަވެސް އެ ގަރާރު ބަލައިގަންނަން، ނުވަ މެމްބަރުން ވޯޓްދެއްވިއިރު ނުފެންނަކަމަށް 36 މެމްބަރަކު ވޯޓު ދެއްވާ، އެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay