
މޯލްޑިވިއަންގެ ފަސިންޖަރުންނަށް އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް

ރިޟްވާން މޫސާ - 08 މާރިޗު 2026 - 08:47
މޯލްޑިވިއަނުން ޓްރެވެންޑްރަމަށް ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލްސް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑިސްކައުންޓް ލިބޭ ގޮތް ހަދައިފިއެވެ.
އިންޑިޔާގެ ޓްރިވެންޑްރަމްގައި ހުންނަ އާނަންތަޕޫރީ ހޮސްޕިޓަލަކީ މަލްޓި ޕާޕަސް ހޮސްޕިޓަލަކަށް ވާއިރު މި ހޮސްޕިޓަލަކީ ދިވެހިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއްވެސް ލިބިފައިވާ ހޮސްޕިޓަލެކެވެ.
މޯލްޑިވިއަނުން ނެރުނު ބަޔާނެއްގައި ބުނީ މި އެމްއޯޔޫގެ ބޭނުމަކީ ފަސޭހައިން ސިއްހީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެ އިތުރުން ދިވެހި ފަސިންޖަރުންނަށް ސިއްހީ އެހީ ހޯދުމުގައި އިތުރު ފައިދާތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
އަނަންތަޕޫރީ ހޮސްޕިޓަލުން ލިބޭ ހާއްސަ ހިދުމަތްތަކުގެ ތެރޭގައި:
- އެޑްމިޓްކޮށްގެންދޭ ފަރުވާ (IP) އަދި އެޑްމިޓްނުކޮށްދޭ ފަރުވާ (OP) ތަކުން ހާއްސަ ޑިސްކައުންޓްތަކެއް ލިބުން.
- ހެލްތު ޗެކަޕް ޕެކޭޖްތަކުން %15 ގެ ޑިސްކައުންޓް
- ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ހިދުމަތްތަކުން %10 ގެ ޑިސްކައުންޓް
- ތުރިވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ހިދުމަތްތައް ހިމެނެ އެވެ.
އަނަންތަޕޫރީ ހޮސްޕިޓަލުން ބަލި މީހުންނަށް އެޕޮއިންޓްމެންޓް ހަމަޖައްސައިދިނުމާއި އެހެނިހެން ހިދުމަތްތައް ހޯދުމުގައި އެހީތެރިވާނެ ކަމަށް ވެސް މޯލްޑިވިއަންއިން ވިދާޅުވެ އެވެ. އަދި އުމުރުން ދުވަސްވީ ފަސެންޖަރުންނަށް ހާއްސަކޮށްގެން އިނގިރޭސި އަދި ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ މުވައްޒަފުން އެސިސްޓެންޓުންގެ ގޮތުގައި ތިބޭނެ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކަނޑުގެ ސަރަހައްދު މޮރިޝަސް އަށް ދިނީ އެދިގެނެއްވެސް ނޫން، އެއީ ބޮޑު ހިޔާނާތެއް!
2 ގަޑިއިރު ކުރިން

ލޯކަލް ކައުންސިލާ ގުޅުވައި އެމްޑީޕީގެ މެނިފެސްޓޯ ނެރެފި
2 ގަޑިއިރު ކުރިން

މެދު ރާއްޖެތެރެއަށް ވައި ނުސާފުވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި
2 ގަޑިއިރު ކުރިން

"ދެ އިންތިޙާބު އެއްކޮށް ބޭއްވުން" ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނަން: ނާޒިމް
2 ގަޑިއިރު ކުރިން


.gif&w=3840&q=75)