
އައްޑޫސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި

އައިމިނަތު ޒައިބާ - 13 ފެބްރުއަރީ 2026 - 13:35
އައްޑޫސިޓީ ޕީއެންސީ ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށް ގެއްލުންދީފި އެވެ
"އަސްލު" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ހިދަތޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވީ އައްޑޫ ސިޓީން ޕީއެންސީގެ ފަރާތުން ކުރިމަތިލައްވާފައިވާ ހުރިހައި ކެންޑިޑޭޓުންގެ ޕޯސްޓަރުތަކަށްވެސް ބަޔަކު އެކިވަރުގެ ގެއްލުން ދީފައިވާ ކަމަށެވެ.
ކެމްޕެއިން ޕޯސްޓަރުތަކަށް ބަޔަކު ގެއްލުން ދީފައި ވާތީ އައްޑޫ ސިޓީ ޕީއެންސީގެ ޓީމުން މިހާރު ވަނީ މި މައްސަލަ ފުލުހުންނަށްވެސް ހުށައަޅާފަ އެވެ.
ސިނާން ވިދާޅުވީބައެއް ކެމްޕެއިން ޕޯސްޓަރު ތަކަށް ބަޔަކު ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި، އަނެއްބައި ޕޯސްޓަރު ތަކުގައި ކަޓަރު އަޅަވި ވީދާލާފައި ވާ ކަމަށެވެ.
މި ޕޯސްޓަރު ތަކަށް ބަޔަކު ގެއްލުން ދީފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫ ސިޓީން ޕީއެންސީ ވާދަކުރައްވާ ދާއިރާ ތަކުގެ ތެރޭގައި ހިތަދޫ އުތުރު ދާއިރާ، ހިތަދޫ މެދު ދާއިރާ އަދި ހިތަދޫ ދެކުނު ދާއިރާ ގެ އިތުރުން މަރަދޫ ދާއިރާ އަދި މަރަދޫ ފޭދޫ ދާއިރާގެ އިތުރުން ފޭދޫ މަގުއްދޫ ދާއިރާ އަދި ފޭދޫ މާދެލި ދާއިރާ ހިމެނެ އެވެ.
ސިނާން ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައިވެސް އައްޑޫ ސިޓީން ރައްޔިތުންގެ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި އަށް ކްރިޕްޓޯ ވިޔަފާރިކުރެވޭ ވޮލެޓެއް ތައާރަފްކޮށްފި
9 ގަޑިއިރު ކުރިން

ބަނގުލަދޭޝްގެ އިންތިހާބު ބީ އެން ޕީން ކާމިޔާބުކޮށްފި
9 ގަޑިއިރު ކުރިން

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި
9 ގަޑިއިރު ކުރިން

ޝެއިޙް ފަރީދުގެ ހަނދާނުގައި ހުޅުމާލޭގައި އަޅާ މިސްކިތައް އެހީވާން ހުޅުވާލައިފި
9 ގަޑިއިރު ކުރިން


.gif&w=3840&q=75)