logo
"ސްޕޯޓްގޭޓް" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

"ސްޕޯޓްގޭޓް" އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން

ކުޅިވަރުގެ ހުރިހައި ދާއިރާތަކެއް ގުޅުވާލުމަށް "ސްޕޯޓް ގޭޓް" އިފްތިތާހުކޮށްފި

profile

ރިޟްވާން މޫސާ - 01 އޭޕްރީލު 2026 - 05:29

ސްޕޯޓްސް ކޮމިޝަނުގެ އޮފީހާއި ކުޅިވަރު ޖަމިއްޔާތައް ގުޅުވައިލުމަށް ފަރުމާކޮށްފައިވާ "ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހުކޮށްފިއެވެ.

https://wamco.com.mv/

ހ. މީރުމާގައި ކުރިއަށްދިޔަ ހަފްލާއެއްގައި މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމޭބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއާއި ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލްއެވެ.

ކުޅިވަރުގެ ރަސްމީ ހުރިހައި ކަމެއް އެއް ޕޯޓަލްގެ ތެރެއިން ހީދުމަތް ލިބޭ ގޮތަށް މީގެ ކުރިން ތައާރަފް ކޮށްފައި ވަނީ "މީސް" ޕޯޓަލް އެވެ. ނަމަވެސް ރޭގައި ލޯންޗު ކުރި އާ އޮންލައިން ޕްލެޓް ފޯމް "ސްޕޯޓްގޭޓް" ތައާރަފް ކުރުމާއެކު ދެން ބޭނުން ކުޅިވަރުގެ ރަސްމީ ހުރިހައި ކަމަކަށްވެސް މި އެޕްލިކޭޝަނެވެ.

"ސްޕޯޓްގޭޓް" ޕޯޓަލް ޑެވެލޮޕްކުރުމުގެ މައިގަނޑު ބޭނުމަކީ، ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކަށް ވެސް ރަޖިސްޓްރޭޝަން ހުށަހެޅުމާއި ހިންގާ ގަވައިދު ހުށަހެޅުމާއި ކުޅިވަރާ ގުޅުންހުރި އެހެން ކަންކަން ކުރުމުގެ އިތުރުން، ކުޅުންތެރިންނަށް ރިލީޒް ހޯދުމަށް ހުށަހެޅުމަށް ވެސް ފަސޭހަވެގެންދާނެ ފަދަ ގޮތަކަށް އައު ޕޯޓަލެއް ފަރުމާކުރުމެވެ.

"ސްޕޯޓްގޭޓް" ޕޯޓަލް އިފްތިތާހުކޮށްދެއްވުމަށްފަހު ކޮމިޝަރ އޮފް ސްޕޯޓްސް މުހަންމަދު ޠަލާލް ވިދާޅުވީ، ޕޯޓަލްއަށް ގެނެވުނު އައު ބަދަލުތަކާއެކު ކުޅިވަރު ކޮމިޝަނާއި އެސޯސިއޭޝަންތަކާއެކު މުވާސަލާތުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

އަދި މިބަދަލަކީ އެސޯސިއޭޝަންތަކާއެކު ބޭއްވުނު ބައްދަލުވުންތަކުން ފާހަގަކުރެވުނު ކަންކަމަށް ބެލުމަށްފަހު ގެނެވުނު ބަދަލެއްކަން، ސްޕޯޓްސް ކޮމިޝަނަރ ހާމަކުރެއްވިއެވެ.

ތޮލާލް ވިދާޅުވީ ޕޯޓަލް ފަރުމާކުރުމުގައި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުނުކަމަށާއި މި ޕޯޓަލްގެ ސަބަބުން ހަރުދަނާގޮތެއްގައި މުއާމަލާތްތައް ކުރެވި، ޑިޖިޓަލައިޒްވެގެންދާނެކަމަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk