logo

އެމާޖެންސީ އަރަބި އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހަލީލް ގަތަރަަށް

profile

އައިޝަތު އިނާޝާ - 13 ސެޕްޓެމްބަރު 2025 - 17:13

ގަތަރުގެ ވެރިރަށް ދޯހާގައި ބާއްވާ އެމާޖެންސީ އަރަބި އިސްލާމިކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

https://wamco.com.mv/

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ގަތަރުގެ ވެރިރަށް، ދޯހާއަށް ދިން ވައިގެ ހަމަލާއާ ގުޅިގެން ބާއްވާ މިސަމިޓަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާދި ފަހުން އިސްރާއީލުން ގަތަރަށް ދިން ހަމަލާ އާއި ޕަލަސްތީނާއި ވަށައިގެންވާ ސަރަހައްދުގައި އިސްރާއީލުން ހިންގަމުންދާ ނޭދެވާ އަމަލުތަކާއި ބެހޭ ގޮތުން، އިސްލާމީ ގައުމުތަކުގެ މިނިސްޓަރުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި ރާއްޖެއިން ގަތަރަށް ތާއީދު ކުރާ ކަމަށާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގާ ކަމަށް ބުނެ އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރާ މަސައްކަތަށް ރާއްޖެއިން ތާއީދު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލުން ވަނީ ޤަޠަރުގެ ދައުޙާއަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

އިސްރާއީލުން ހަމަލާތައް ދީފައި ވަނީ ޣައްޒާ ޢުދުވާން ހުއްޓައިލުމާ ގުޅޭގޮތުން އެމެރިކާއިން އެންމެ ފަހުން ހުށަހަޅާފައިވާ ހުށަހެޅުމާމެދު ޙަމާސްގެ އިސްވެރިން މަޝްވަރާތައް ކުރައްވަމުން ދަނިކޮށެވެ. ޙަމާސްގެ އިސްެވެރިންނަށް ހަމަލާ ދީފައިވާކަން އިސްރާއީލުން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާތައް ދީފައި ވަނީ ފައިޓަރު ޖެޓު ބޭނުންކޮށްގެންނެވެ.

އިސްރާއީލުން މަސައްކަތްކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔަ ޝަހީދުކޮށްލުމަށެވެ. އޭނާއަކީ ޙަމާސްގެ ވެރިކަންކުރާ މަޖިލީހުގެ މެންބަރެކެވެ. ނަމަވެސް ޙަމަލާގައި އޭނާ ސަލާމަތްވެވަޑައިގަންނަވާފައިވާ ކަން ޙަމާސްގެ މަސްދަރަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޤަޠަރުގެ ފޮރިން މިނިސްޓްރީއިން ވަނީ އިސްރާއީލުން ދިން ޙަމަލާތަކަކީ ފިނޑި ޙަމަލާއެއްގެ ގޮތުގައި ސިފަކޮށް އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ޙަމަލާއަކީ އެންމެހާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލެއް ކަމަށާއި، އެއީ ޤަތަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

ދުނިޔޭގެ އިސްލާމީ ގައުމުތަކާއި ބައެއް އެހެން ގައުމުތަކުންވެސް ވަނީ އެކަން ކުށްވެރިކޮށާްފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 64،605 މީހުން ޝަހީދުވެ، 163،319 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

https://etukuri.mv/
https://www.aslu.com.mv