
އިންޑިއާގެ ސިނަމާގައި އެންމެ މަގުބޫލު ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން, ފޮޓޯ: ދަ ބިޒްނަސް ޑެއިލީ
ޝާހްރުކްގެ އައު ފިލްމު "ކިންގް" ގެ ފުރަތަމަ ލަވަ ދައްކާލައިފި؛ މި ލަވައިން ފެނިގެންދަނީ ދީޕިކާ!

އާމިނަތު ޝަޒްލާ - 07 ނޮވެމްބަރު 2026 - 06:12
ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ކުރިއަށް އޮތް އެކްޝަން ތުރިލާ ފިލްމު "ކިންގް" ގެ ފުރަތަމަ ލަވަ ރިލީޒްކޮށް، ފޭނުންނަށް ބޮޑު ސަޕްރައިޒެއް ދީފިއެވެ. މި ފިލްމުން ފެނިގެންދަނީ އިންޑިއާގެ ސިނަމާގައި އެންމެ މަގުބޫލު ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާން އާއި ދީޕިކާ ޕަދުކޯން އެކުގައެވެ.
"ތޫ މިލްޖާއޭ" ގެ ނަން ދެވިފައިވާ މި ރޮމޭންޓިކް ލަވަ ރިލީޒްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު، ޝާހްރުކް ޚާންގެ 61 ވަނަ އުފަންދުވަހާ ދިމާކޮށެވެ.
ސްކްރީނުން ފެންނަ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ޝާހްރުކް އާއި ދީޕިކާގެ ރޮމޭންޓިކް މަންޒަރުތަކާއި، ހިތްގައިމު ނަށާލުންތަކުގެ އިތުރުން، ފިލްމުގެ ބައެއް އެކްޝަން މަންޒަރުތައް ވެސް މި ލަވައިން ފެނިގެންދެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ މި ލަވަ ކިޔާފައިވަނީ އަރިޖިތު ސިންގް އާއި މަދޫބަންތީ ބަގްޗީގެ އިތުރުން އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންއެވެ. ސަޗިން-ޖިގަރް މިއުޒިކް ތައްޔާރުކޮށްފައިވާ މި ލަވައިގެ ޅެން ލިޔެފައިވަނީ ކުމާރެވެ.
މި ލަވަ ރިލީޒްކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ޔޫޓިއުބްގައި 36 މިލިއަނަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، މިއީ ބޮޑު ކާމިޔާބީއެކެވެ. މިއާއެކު، ޝާހްރުކްގެ "ޖަވާން" ފިލްމުގެ "ޒިންދާ ބަންދާ" ލަވަ ހަދާފައިވާ ރެކޯޑު މި ލަވަ އިން ވަނީ މުގުރާލާފައެވެ.
ސިއްދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމު "ކިންގް" ގެ މުހިންމު ރޯލުތަކުން ސުހާނާ ޚާން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރު އަދި ރާނީ މުކަރްޖީގެ އިތުރުން ފާހަގަކޮށްލެވޭ އެހެން ފަންނާނުންތަކެއް ވެސް ފެނިގެންދާނެއެވެ.
މި ފިލްމު މުޅި ދުނިޔޭގެ ސިނަމާތަކުގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވަނީ 24 ޑިސެމްބަރު 2026 ގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރަސްމާލެ މަޝްރޫޢު: ދިވެހިންނަށް ރިބާ، އަލްޢައްބާރަށް ޒަކާތުގެ ފައިސާތޯ؟: ޒަމްޒަމް ފާރިޝް
5 ގަޑިއިރު ކުރިން

އީރާނާ ގުޅުން އޮތް ކަމަށް ބުނެ ކެނެޑާގެ އަށް ކުންފުޏަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
7 ގަޑިއިރު ކުރިން

ކުންފުނިތައް އިނދަޖެހުން: ވަޢުދާ ޚިލާފުވެ، ޚަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑު ހާސްކަމެއް!
10 ގަޑިއިރު ކުރިން

ބައިތުލްމާލު: އަމާނާތެއްތަ، ނުވަތަ ޣަނީމާ މުދަލެއްތަ؟
ދުވަހެއް ކުރިން


