
މުޅި ދުނިޔޭގައިވެސް ކުޑަކުދިންނަށް އެންމެ ގިނައިން އަނިޔާ ލިބެނީ ފަލަސްތީނުގައި: ދިރާސާ

ރިޟްވާން މޫސާ - 21 ނޮވެމްބަރު 2026 - 05:54
މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ އަނިޔާ ތަހައްމަލް ކުރަން ޖެހިފައިތިބީ ފަލަސްތީނުގެ ކުޑަ ކުދިން ކަމަށް ސޭވް ދަ ޗިލްޑްރެން އިން ކުރި ދިރާސާ އަކުން ދައްކައިފި އެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަން އިން ނެރުނު އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިނގާފައިވަނީ ގަދަކަމުން ފޭރިގަނެފައިވާ ޔަހޫދީ އިސްރާއީލުންގެ ބާރުގެ ދަށުގައިވާ ފަލަސްޠީނުގެ ބިމުގައެވެ.
ސޭވް ދަ ޗިލްޑްރެންގެ ރިޕޯރޓްގައިވާ ގޮތުން ފަލަސްތީނުގެ ކުޑަކުދިން ތަހައްމަލް ކުރަމުންދަނީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ކުޑަކުދިން ތަހައްމަލް ކުރަން ނުޖެހޭވަރުގެ ބިރުވެރި އަދި ހިތްދަތި އިހުސާސްތަކެއް ކަމަށެވެ.
މި ރިޕޯރޓްގައި ވާގޮތުން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ ޖަރީމާތަކުގެ ޝިކާރައަކަށް ފަލަސްތީނުގެ މައުސޫމް ތުއްތު ކުދިންވެ ނިމިދިޔަ 3 އަހަރު ދުވަހުގެ ހަނގުރާމައިގެ ތެރޭގައި ތަފާސް ހިސާބުފެންނަ މައުލޫމާތުތަކުން ހާމަވާ ގޮތުގައި 20،000 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައި ކަމަށެވެ.
އެ ޖަމާއަތުން ރެކޯޑުކޮށްފައިވާ ގާތްގަނޑަކަށް 12،500 މައްސަލައިގެ ތެރޭގައި އެންމެ ގިނައީ ހަސްފަތާލުތަކަށާއި ސްކޫލްތަކަށް ހަމަލާދިނުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ މައްސަލަތަކެވެ. ސޭވް ދަ ޗިލްޑްރަންގެ ރީޖަނަލް ޑިރެކްޓަރު އަޙްމަދު އަލްހެންޑާވީ ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަކީ ތާރީހުގައި ވެސް ފެނިފައިނުވާ ފަދަ އަނިޔާވެރި އަމަލުތަކެއް ކަމަށާއި، މި ހިނގާ އަހަރުގެ ތެރޭގައި ވެސް މި ހާލަތަށް އެއްވެސް ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ.
ސޭވްދަ ޗިލްޑްރެންގެ ރިޕޯރޓުން ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގައި ހިނގާ އެންމެ ބޮޑު ލާއިންސާނީ އަނެއް ޖަރީމާ އަކީ ކުޑަކުދިންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން މަނާކުރުމުގެ މައްސަލަތައް ކަމަށެވެ. އެގޮތުން 2015 ވަނަ އަހަރު މިފަދަ 509 ހާދިސާއެއް ރެކޯޑުކުރެވުނުއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ 8،322 އަށް އަރާފައެވެ. އަދި މީގެ ތެރެއިން 70 އިންސައްތައަށްވުރެ ގިނަ ހާދިސާ އަމާޒުވެފައިވަނީ ފަލަސްޠީނުގެ ކުޑަކުދިންނަށެވެ. މީގެއިތުރުން، 2005 ވަނަ އަހަރުން ފެށިގެން ކުޑަކުދިން ޝަހީދުކުރުމާއި ޖިސްމާނީ ބޮޑެތި އަނިޔާތައް ދިނުމުގެ 171،712 މައްސަލަ ރެކޯޑުކުރެވިފައިވާއިރު، އޭގެ 70 އިންސައްތައަށްވުރެ ބޮޑު ބައެއް ހިނގާފައިވަނީ އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިމާއި އެހެން ހަތަރު ގައުމެއްގައެވެ.
ގުޅުން ހުރި ޙަބަރުތައް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 4 މީހުން ޝަހީދުކޮށްލައިފި
8 ގަޑިއިރު ކުރިން

ށ.ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގައި އަދިވެސް ތަހުގީގު ކުރިއަށްދަނީ: ފުލުހުން
12 ގަޑިއިރު ކުރިން

ރަސްމާލޭގެ މައްސަލައިގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން މުޒާހަރާ އަށް ނުކުންނަނީ
12 ގަޑިއިރު ކުރިން

ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، މީހަކަށް އަނިޔާވެއްޖެ!
13 ގަޑިއިރު ކުރިން


