logo
—

ޗެލްސީއިން ލުކާކު ބޭނުމެއްނުވި!

profile

ޙުސައިން ފަޒީލް - 08 ޖުލައި 2023 - 14:23

30 މިލިއަން ޔޫރޯއަށް ދާއިމީކޮށް ރޮމެލޫ ލުކާކޫ ހޯދުމަށް އިންޓަ އިން ހުށަހެޅި ހުށަހެޅުމަށް ޗެލްސީން ދެކޮޅު ހަދާފައި ވަނީ ބެލްޖިއަމްގެ ކުޅުންތެރިޔާއަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިކަން އިތުރުވަމުން ދަނިކޮށެވެ.

https://wamco.com.mv/

· ލުކާކޫ ހޯދުމަށް އިންޓަ އިން ކުރި ބިޑް ޗެލްސީން ދެކޮޅު ހަދައިފިއެވެ.

· ޗެލްސީގެ ކޮންޓްރެކްޓްގައި ލުކާކޫއަށް ބާކީ ތިން އަހަރު އެބައޮތެވެ.

· އަލް-ހިލާލް އަދި ޔުވެންޓަސްގެ ހުށަހެޅުންތައް އެބަހުއްޓެވެ.

ވީކިހިނެއް؟

މިދިޔަ ސީޒަނުގައި ޗެލްސީން ލޯނެއްގެ ދަށުން ލުކާކޫ ގެނައި އިންޓަ އިން ބެލްޖިއަމްގެ ފޯވާޑް ދާއިމީކޮށް ހޯދުމަށް 30 މިލިއަން ޔޫރޯ (25.6 މިލިއަން ޕައުންޑް/33 މިލިއަން ޑޮލަރު) ގެ ބިޑެއް ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މިހާރު ލުކާކޫ ސައުދީ އަރަބިއްޔާއަށް ބަދަލުވާން ވިސްނަމުން އަންނަނީ އޭނާ ގެނައުމަށް އަލްހިލާލް ޝައުގުވެރިވާ ކަމަށް ޖެކޮބް ސްޓޭއިންބާގް ބުނެއެވެ.

ބޮޑުމަންޒަރު

ބްލޫސްއާ އެކު މިހާރު ހަދާފައިވާ ކޮންޓްރެކްޓްގައި ލުކާކޫއަށް އަދިވެސް ތިން އަހަރު ބާކީ އޮތް ނަމަވެސް ސްޓެމްފޯޑްގައި އޭނާ ދެމިހުންނާނެ ކަމަކަށް ނުބެލެވެއެވެ. އޭނާ ޕްރީ ސީޒަން ޓްރެއިނިންތަކަށް ޗެލްސީގެ ޓީމުގެ ކުޅުންތެރިޔާއާ އަލުން ގުޅެން ޖެހުނު ނަމަވެސް ބްލޫސްގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ދާދި ފަހުން ވަނީ ލުކާކޫ ކްލަބުން ވަކިވުމުގެ މަގުމަތީގައި ހުރެދާނެ ކަމުގެ އިޝާރާތެއް ދީފައެވެ.

މީގެއިތުރުން

ކުރިއަށް އޮތް ސީޒަނުގައި އިންޓަ އަށް ކުޅެން އަޒުމް ކަނޑައަޅާފައި އޮތުމުން، މިދިޔަ މަހު އަލް-ހިލާލްގެ ފައިދާބޮޑު ހުށަހެޅުމަށް، ލުކާކޫ ވަނީމީގެ ކުރިން ވެސް ދެކޮޅު ހަދާފައެވެ.

ލުކާކޫއަށް ދެން ދެންކުރެވޭނީ ކޮންކަމެއް؟

އިންޓަ އިން ދެވަނަ ބިޑެއް ނުދައްކައިފި ނަމަ ޔުވެންޓަސް އިން ވެސް ހުށަހެޅުމެއް އޮތް ނަމަވެސް ހޫނު މޫސުމުގައި ޔޫރަޕް ދޫކޮށް ސައުދީ އަރަބިއްޔާއަށް ދިއުމަށް ލުކާކޫ ވިސްނާފާނެ އެވެ.

https://etukuri.mv/
https://www.aslu.com.mv