logo
-

-

މެސީގެ ބައްޕަ ބާސެލޯނާގެ ރައީސާ ބައްދަލުކޮށްފި

profile

ޙުސައިން ފަޒީލް - 07 ޖޫން 2023 - 03:08

މެސީގެ ބައްޕަ ޖޯޖު މެސީ ބާސެލޯނާގެ ރައީސް ލަޕޯޓާ އާއި ބައްދަލުކޮށް އޭނާގެ ދަރިފުޅު އެޓީމަށް ބަދަލުވާން ބޭނުންވާ ކަމަށް ބުނެފިއެވެ. މެސީވަނީ ދެން އޭނާ ޕީއެސްޖީގައި މަޑުނުކުރާނެކަން ހާމަ ކޮށްފައެވެ. ފްރަާންސް ލީގުގައި ކްލާމޮންޓާ އިދިކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު ސަފޯޓަރުންވަނީ މެސީއާ ދިމާކޮށްލާފައެވެ. ޕީއެސްޖީއަށް މެސީއާއެކު ޗެމްޕިއަންސް ލީގުގެ ތަށި ނުލިބި ދަށް ނަތީޖާތަކެއް ލިބިފައިވާތީ އެޓީމުގެ ސަޕޯޓަރުންގެ ފާޑުކިއުން އޭނާ އަން އަންނަނީ އަމާޒުވަމުންނެވެ.

https://wamco.com.mv/

މެސީ ބާސާއަށް ބަދަލުވާން ބޭނުންވިޔަސް އެކްލަބުން އޭނާ ގެނައުމަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިގޮތުން ފައިނޭންސިއަލް ފެއާ ޕްލޭ އާއި އެއްގޮތައް މެސީ އެޓީމަށް ގެންދިއުމަށް ހަރަދުތައް ކުޑަކޮށް ބައެއް ކުޅުންތެރިން ދޫކޮށްލަން ޖެހެއެވެ.

ބާސާއާއި އެކު މެސީ ގެންދިއުމުގެ ރޭހުގައި ދެން އޮތީ ސައުދީ ޕްރޯލީގުގެ އަލްހިލާލާއި އެމެރިކާގެ އިންޓަމަޔާމީއެވެ. އަލްހިލާލުން މެސީގެ ޓްރާފާއަށް 2 މިލިއަން ޕައުންޑުގެ ބޮޑު އަދަދެއް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މެސީގެ ޝައުވެރިކަން ބޮޑަށް އޮތީ އޭނާގެ ކުރީގެ ކްލަބު ބާސާއަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay