
ނ މާފަރުގައި އެމްޓީސީސީގެ 4 މަޝްރޫއެއް ފަށަން ނިންމައިފި

މުޙައްމަދު ފަޟްލޫން - 12 އޭޕްރީލު 2025 - 13:42
ނ މާފަރުގައި އެމްޓީސސީގެ ފަރާތުން ހިންގަން ހަމަޖެހިފައިވާ 4 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކޮށްފިއެވެ.
މާފަރުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ގާއިމް ކުރުމާއި ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމާއި ޕޮލިސް ޕޯސްޓެއް އިމާރާތްކުރުމުގެ އިތުރުން އައުޓްޑޯ ޖިމެއް އެޅުން ހިމެނެއެވެ.
އާބާދީގައި 1200 މީހުން ދިރިއުޅޭ މާފަރުގައި އެމްޓީސީސީގެ ފަރާތުން ހިންގަން ނިންމާފައިވާ މަޝްރޫއުތައް ފުރިހަމަވުމުން ރަށުގެ ރައްޔިތުންނަށް އުމްރާނީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ މަންފާއާއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އެމްޓީސީސީ އަކީ ރާއްޖޭގެ އާއްމު ދަތުރުފަތުރުގައި އިސް ދައުރެއް އަދާކުރަމުންދާ މުހިއްމު ބައިވެރިއެކެވެ. އެމްޓީސީސީ އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖްތިމާއީ ތަރައްގީގެ ވަސީލަތްތައް ބިނާކުރުމުގައި އެކުންފުނިން ދަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން