logo

ޕޮލިސް ކޮމިޝަނަރު ކަމަށް ނަވީން

profile

އާމިނަތު މޫސާ - 10 ޖޫން 2025 - 13:46

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފިއެވެ.

https://wamco.com.mv/

ސީޕީ ކަމަށް އައްޔަން ކުރެއްވީ ނަވީން މިހާރު ހުންނެވީ ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެގެންނެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސީޕީ ކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ނަވީންގެ އިތުރުން ދެން އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމްއެވެ.

ޕޮލިސް ބޯޑުން ނިންމާފައިވަނީ އެ ތިން ބޭފުޅުންވެސް މަގާމަށް ޝަރުތު ހަމަވާ ކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި ބޭފުޅަކު އެމަގާމަށް އައްޔަންކުރަން ޖެހެއެވެ.

https://wamco.com.mv/
https://www.aslu.com.mv