logo

ލޯންޗަކާއި ޓަގް ބޯޓެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

profile

އައިޝަތު އިނާޝާ - 31 މޭ 2025 - 17:55

ލޯންޗަކާއި ޓަގު ބޯޓެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

https://wamco.com.mv/

ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގީ މިއަދު 15:30 ހާއިރު މާލެއިން އދ. އަތޮޅަށް ދަތުރުކުރި ލޯންޗަކާއި މާލެ އެމްޕީއެލް ޖެޓީ އަށް ވަންނަން ދިޔަ ޓަގެއް ޖެހިގެންނެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި ލޯންޗް ކައްޕިއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާ ކަމަށާއި މި ހާދިސާގައި އިތުރު މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

މި އެކްސިޑެންޓު ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެކްސިޑެންޓްވި ލޯންޗްގެ ބައެއް ފޮޓޯތައް ފުލުހުން އާންމުކޮށްފައިވާއިރު، އެ ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗް ދުއްވުމަށް ކައްޕި އިންނަ ދިމާ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައެވެ. އަދި ލޯންޗުގެ ތެރޭގައި ބިއްލޫރިތައް ފުނޑުފުނޑުވެފައިވާ މަންޒަރު ފެނެއެވެ.

https://etukuri.mv/
https://www.aslu.com.mv