logo

ޔާމީން ހޯދުމުގެ މަސައްކަތް: ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދަނީ ދިރާސާ ކުރަމުން: ފުލުހުން

profile

އައިޝަތު އިނާޝާ - 18 ޖުލައި 2025 - 13:50

ގ. ގާރނެޓް ހަސަން ޔާމީން ގެއްލުނުތާ މިއަދަށް ހަތް ދުވަސްވެފަައިވާއިރު، މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

https://wamco.com.mv/

އުމުރުން 30 އަހަރުގެ ހަސަން ޔާމީން މި ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭގަނޑު 21:25 ހާއިރު އޭނާ ދިރިއުޅޭ ގެއިން ނިކުމެގެން ދިޔަ ފަހުން އާއިލާއަށް ހަަބަރެއް ނުވެއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު ޔާމީންގެ އާއިލާގެ ފަރާތުން ކަމަށާއި މި މައްސަލަ އެހެން ބަހާތަކާއި މުވައްސަސާތަކަށް ހިއްސާކޮސް، އަޅަން ޖެހޭ ފިޔަަވަޅުތައް އަޅަމުންގެންދާ ކަަމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރުުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި އަދި އާއިލާގެ އެއްބާރުލުމާއެކު އޭނާ ދިރިއުޅޭ ތަން ބަލައިފާސްކުރިއިރު، ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ނުވަތަ ކުށުގެ އަމަލެއް ހިންގާފައިވާކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވާ ކަމަށެވެ. އަދި އެޕާޓްމެންޓަށް އެއްވެސް ބަދަލެއް އައިސްފައިވާ ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ތަހުގީގުން ޔާމީން ގައުމުން ބޭރަށް ގޮސްފައި ނުވާކަން ކަމާއި ގުޅުން ހުރި އިދާރާތަކުން ކަށަވަރުކޮށްފައިވާ ކަަމށް ފުލުހުން ވަނީ ބުނެފައެވެ.

ޔާމީން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަމްބަރު 9400053 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ފަހަކަށް އައިސް ގެއްލިގެން ފުލުހަށް ރިޕޯޓްކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

https://etukuri.mv/
https://www.aslu.com.mv