logo

އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން 200,000 އަށް އަރުވަން އައު ކެމްޕޭނެއް

profile

އައިޝަތު އިބްރާހިމް - 18 އޯގަސްޓު 2025 - 17:03

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން އިންޑިއާގެ ބާޒާރަށް ޚާއްޞަކޮށްގެން "ފްރޮމް ތިރަންގާ ޓު ޓާކޮއިސް" ގެ ނަމުގައި ކެމްޕޭނެއް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

https://wamco.com.mv/

މި ކެމްޕޭނުގެ މައިގަނޑު މަޤްޞަދަކީ މި އަހަރު ނިމުމުގެ ކުރިން އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 200,000 އަށް އިތުރުކުރުން ކަމުގައި ވަނީ ބުނެފައެވެ.

މި ކެމްޕޭނުގައި ހިމެނޭ ޚާއްޞަ ޕްރޮގްރާމްތަކުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު އިންފްލުއެންސަރުންނާ ގުޅިގެން ކުރާ މަސައްކަތްތަކާއި، މީޑިއާ ދާއިރާގެ ފަރާތްތަކަށް ރާއްޖެ ދައްކާލުމަށް ރާވާފައިވާ ޚާއްޞަ ދަތުރުތަކާއި، އިންޑިއާގެ ބޮޑެތި ނޫސް މަޖައްލާތަކުގައި ރާއްޖެއާ ބެހޭ ލިޔުންތައް ޝާއިޢުކުރުން ހިމެނެއެވެ.

މީގެ އިތުރުން އިންޑިއާގެ ބޮޑު ތިން ސިޓީގައި އެއާރލައިންތަކާއި، މީޑިއާ ޕާޓްނަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާ ބައްދަލުކޮށް ރޯޑް ޝޯ ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވި ގޮތުގައި، އިންޑިއާއަކީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ޤައުމު ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަކީ ސަގާފީ ގޮތުންނާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ. ޝިއުރީ ވިދާޅުވީ މި އައު ކެމްޕޭނުގެ ސަބަބުން އިންޑިއާ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ހަތަރު ޤައުމުގެ ތެރެއަށް ވަދެގަންނާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ، 2018ވަނަ އަހަރާއި އަޅާބަލާއިރު ފާއިތުވި 3 އަހަރު އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 130 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. ހަމައެކަނި 2023 ވަނަ އަހަރު އެކަނިވެސް އެ ޤައުމުން ރެކޯޑު އަދަދަކަށް 209،193 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށާއި މިއަހަރު މިހާތަނަށް އައިއިރު މީގެ ދެ ބައިކުޅަ އެއްބައި އަދަދަށް ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ.

undefinedފޮޓޯ: ފަރަހް ހާން

އިންޑިއާގެ ފަތުރުވެރިން އިތުރުކުރުމަށް އެކުންފުނިން ފަށާފައިވާ ކެމްޕެއިންވެސް ބިނާ ވަނީ މިކުރިއެރުމުގެ މައްޗަށް ކަމަށާއި އަމާޒަކީ މިއަހަރުގެ ނިޔަލަށް އިންޑިއާއިން އަންނަ ފަތުރުވެރިންގެ އަދަދު 200،000 ކެމްޕެއިންގެ ސަބަބުން އިތުރުކުރެވުންކަމަށް ވިޒިންޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ދާދި ފަހުން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާއެކު ރާއްޖެއާއި އިންޑިއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ ފަތުރުވެރިކަމުގެ ދައިރާގެ ގުޅުންތައްވެސް އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަޤީންކަން ލިބިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ވިޒިޓް މޯލްޑިވްސްއިން މީގެ ކުރިންވެސް މި މާކެޓު އިތުރަށް ހަރުދަނާ ކުރަން ގިނަ މަސައްކަތް ކޮށްފައިވެއެވެ. މިދިޔަ ފެބްރުއަރީ މަހު މުމްބާއީގައި މަތީ ފަންތީގެ 100 އަށް ވުރެ ގިނަ ފަރާތްތަކާއި 20 އިންފުލެންސަރުންނާއެކު ބޭއްވި ހަރަކާތުގެ ސޯޝަލް މީޑިއާ ރީޗް 200 މިލިޔަނަށް އެރިކަން އެކުންފުނިން ފާހަގަކުރެއެވެ.

މީގެ އިތުރުން މިދިޔަ އަޟްޙާ ޢީދުގައި ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ފަރާ ޚާން އެކުވެސް ރާއްޖޭގައި ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައެވެ.

މިހާރު އިންޑިއާ އޮތީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ 10 ޤައުމުގެ ލިސްޓުގައި 6 ވަނައިގައެވެ. މި އަހަރުގެ މިހާތަނަށް އެ ޤައުމުން 79,972 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މި އަދަދު އިތުރުކުރުމަކީ މި ކެމްޕޭނުގެ މައިގަނޑު ލަނޑުދަނޑިއެވެ. ފާހަގަކޮށްލެވޭ ކަމަކީ 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިން ކަމެވެ.

ފާއިތުވި ދުވަސްތަކުގައި އިންޑިއާގެ ފިލްމީ ދުނިޔޭގެ މަޝްހޫރު ތަރިންނާއި އެ ޤައުމުގެ ނުފޫޒު ގަދަ ޝަޚްޞިއްޔަތުތައް ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވޭއިރު، މިކަމުން ވެސް އިންޑިއާ ބާޒާރުގައި ރާއްޖެއަށް ލިބޭ ޕްރޮމޯޝަން އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރު މިހާތަނާށް އިންޑީއާއިން ރާއްޖެއަށް 79،972 ފަތުރުވެރިން އައިސްފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay