logo

މާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަނީ

profile

އައިޝަތު އިނާޝާ - 15 ނޮވެމްބަރު 2025 - 10:43

މާލެއިން ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

https://wamco.com.mv/

ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަރީފް (30އ) އެވެ.

ފުލުހުން ބުނީ ޝަރީފް ހޯދަމުންދަނީ 2025 ނޮވެމްބަރ 09 ވަނަ ދުވަހުން ފެށިގެން ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް 2025 ނޮވެމްބަރ 13 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއެކު ކަމާ ގުޅުންހުރި އެންމެހާ ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި، ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ވީމާ، ޝަރީފާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި، ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay