
އަނެއްކާ ވެސް ނުރައްކާ މިންވަރަށް ވައި ނުސާފު

ޝަހްޒާ މުޙައްމަދު - 17 ފެބްރުއަރީ 2026 - 05:58
މުޅި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ދުންފުހުގެ އަސަރާއެކު، މާލެ ސަރަޙައްދުގައި ދުރު ފެންނަ މިންވަރު މިއަދު 2 ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު ނުރައްކާތެރި މިންވަރަކަށް ކުރާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ އިންޒާރު ނެރެފައެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދުރު ފެންނަ މިންވަރު ހުރިގޮތަށް ބަލާ އިރު، މާލޭއަށް ދުރުފެންނަނީ ދެ ކިލޯމީޓަރަށެވެ. ހަނިމާދޫއަށް 3 ކިލޯ މީޓަރު ، ކައްދޫ އަށް 4 ކިލޯ މީޓަރު އައި އައްޑު އަށް ދުރުފެންނަ މިންވަރު ހުރީ 7 ކިލޯ މީޓަރުގައެވެ.
މެޓް އޮފީހުން ބުނޯީ ކޮންމެ އަހަރަކުވެސް އިރުވައި މޫސުމުގައި ކުރިމަތިވާ މި ދުންފުސްކަމަކީ ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމުގެ ސަބަބުން ކުރިމަތިވާ މައްސަލައެއް ކަމަށެވެ. އަދި ކުރިއަށް އޮތް 2 ނުވަތަ 3 ދުވަހުވެސް މުޅި ރާއްޖެއަށް ވައި ނުސާފުވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން އާންމު ސިއްޙަތަށް ނުރައްކާވެދާނެތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ޚާއްސަކޮށް ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފުއްޕާމޭގެ ބަލިތަކާއި އެހެނިހެން ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
މި ދުންފުނީގެ ސަބަބުން ކުރިމަތިވެދާނެ ކުރު މުއްދަތުގެ ސިއްޙީ މައްސަލަތަކުގެ ތެރޭގައި ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުމާއި، ބޮލުގައި ރިއްސުން، ކެއްސުން އަދި ނޭވާލުމަށް އުނދަގޫވުން ހިމެނެއެވެ. މީގެ އިތުރުން ނޭވާހިއްލުން ނުވަތަ ހިތުގެ ބަލިތައް ހުންނަ މީހުންގެ ބަލި ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތްކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
މިކަމުން ރައްކާތެރިވުމުގެ ގޮތުން ބޭރަށް ނިކުމެ އުޅޭ މިންވަރު ވީހާވެސް ބޮޑަށް މަދުކުރުމަށާއި، ކޮންމެހެން ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި މާސްކު ބޭނުންކުރުމަށް ސިއްޙީ މާހިރުން ލަފާދެއްވައެވެ.
ގުޅުން ހުރި ޙަބަރުތައް

މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ! ރައްކާތެރި ފިޔަވަޅު އަޅުއްވާ!
18 މިނިޓު ކުރިން

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ ބޮޑުބައި ނިމިއްޖެ: އެމްޓީސީސީ
5 ގަޑިއިރު ކުރިން

ޕްރިފަރެންޝަލް ވޯޓިންގ ނިޒާމް ތަޖުރިބާކޮށްލަން ފެނޭ: ރައީސް ނަޝީދު
5 ގަޑިއިރު ކުރިން

ބޭންކް އެކައުންޓް ކުއްޔަށް ހިފުމަށް އާއްމުވާ އިޝްތިހާރުތަކަށް ސަމާލުވޭ: ފުލުސް
5 ގަޑިއިރު ކުރިން


.gif&w=3840&q=75)