އޭސީއެއް ގަނެގެން ސައިކަލެއް ލިބޭ އެސްޓީއޯގެ "އެންމެ ފިނި ހިޓާޗީ ޑީލް" ޕްރޮމޯޝަން ފަށައިފި
.jpg&w=3840&q=75)
ޒިދާން މުޙައްމަދު - 11 ސެޕްޓެމްބަރު 2025 - 17:36
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން - އެސްޓިއޯއިން ވިއްކާ ހިޓާޗީ ބްރޭންޑަށް ހާއްސަކޮށް "އެންމް ފިނި ހިޓާޗީ ޑީލް" ގެ ނަމުގައި ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިރޭ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފުލާއެއްގައި، ފެށި މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ހިޓާޗީ އެސީތަކުން 1000 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބިގެންދާނެއެވެ.
ސައިކަލެއް ލިބޭ އެސްޓީއޯގެ "އެންމެ ފިނި ހިޓާޗީ ޑީލް"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ މިރޭ ---- ފޮޓޯ: ޒިދާން/ އަސްލު
މި ކޫޕަން ބޭނުން ކުރައްވައިގެން ވަރަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ލަކީ ޑްރޯގައި ބައިވެރިވެ ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަށް ޝީޝާ ހޮންޑާ ސްޕޯޓްސް އެޑިޝަންގެ އެއަރ ބްލޭޑް 125 އެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗްއިސްގައެވެ.
މި ޕްރޮމޯޝަން ފެށިފައިވަނީ 11 ސެޕްޓެމްބަރ 2025 ވީ ބުރާސްފަތި ދުވަހުއެވެ. އަދި ޕްރޮމޯޝަންގެ އެންމެ ފަހު ތާރީޚަކީ 11 އޮކްޓޯބަރ 2025އެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ 1 މަހުގެ މުއްދަތަކަށެވެ.
ގުޅުން ހުރި ޙަބަރުތައް

މީހެއްގެ ވައިބަރ ހެކްކޮށް، 150،000ރ އަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައެއް
3 ގަޑިއިރު ކުރިން

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
5 ގަޑިއިރު ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
5 ގަޑިއިރު ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
6 ގަޑިއިރު ކުރިން


