logo

އެމެރިކާގެ ހަމަލާތަކުގައި ގިނައިން މަރުވީ ކުޑަކުދިންނާއި އަންހެނުން: ހޫޘީ ސަރުކާރުގެ ހެލްތު މިނިސްޓްރީ

profile

ސައިފް އަޒުހަރު - 16 މާރިޗު 2025 - 12:00

އެމެރިކާ ސިފައިން ޔަމަނަށް ރޭގައި ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައި ގިނައިން މަރުވީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޔަމަނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

https://wamco.com.mv/

ބައެއް މީޑިއާ ވަސީލަތްތަކުން ބުނެފައިވަނީ ރޭގެ އުދުވާނީ ހަމަލާތަކުގައި 31 މީހުން މަރުވި ކަމަށެވެ. އަދި ސަތޭކައަށްވުރެ ގިނަ މީހުން ޒަޚަމްވި ކަމަށެވެ.

ބައެއް އެހެން މީޑިއާ ވަސީލަތްތައް ބުނަނީ ހަމަލާތަކުގައި 132 މީހުން މަރުވި ކަމަށެވެ.

ރޭގެ ހަމަލާތަކުގައި އެއް އާއިލާގެ ހުރިހާ މެމްބަރުން މަރުވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ކުޑަކުދިންނާއި އާންމުންގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންވެސް އެބަދެއެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާތައް ދީފައިވަނީ ޔަމަނުގެ ވެރިރަށް ސަންޢާއަށާއި، ސަޢާދާ، އަލް-ބައިދާ އަދި ރަދްޢާއަށެވެ.

ޓްރަމްޕް އަމުރު ކުރެއްވީ، ހޫޘީންގެ ރާޑަރު ސައިޓްތަކާއި، މިސައިލާއި އަދި ޑްރޯން ސައިޓްތަކަށް ހަމަލާދިނުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކަމަކު، ގިނަ ހަމަލާތައް އަމާޒުކުރީ އާންމު ތަންތަނަށްކަން މިހާރުވަނީ ހާމަވެފައެވެ.

އަދި ޔަމަނަށް ވައިގެ ހަމަލާތައް ދެމުންދިޔަ ވަގުތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވައިޓް ހައުސްގެ ކޮންޓްރޯލް ރޫމުގައި ވަގުތުން ބަލަން އިންނެވި ފޮޓޯތައްވެސް އާންމުވެފައި ވެއެވެ.

ބައެއް ޚަބަރުތައް ބުނާގޮތުގައި، ޔަމަނަށް ވައިގެ ހަމަލާތައް ދީފައިވަނީ އެމެރިކާ ސިފައިންގެ އިތުރުން، އިނގިރޭސި ސިފައިންނާއި އިސްރާއީލުވެސް ގުޅިގެންނެވެ. ނަމަވެސް، އިނގިރޭސިންވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

އެކަމަކު، ޔަމަނަށް މީގެކުރިން އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގައި އިނގިރޭސި ސިފައިންވެސް ބައިވެރިވެފައި ވެއެވެ.

ރޭގެ ހަމަލާތަކާ ގުޅިގެން ޔަމަނުގައި ވެރިކަންކުރާ ހޫޘީން ބުނެފައިވަނީ، އެމެރިކާއަށާއި، އެމެރިކާގެ އުޅަނދުތަކަށް ހަމަލާދިނުން މިހާރު ހައްގުވެއްޖެ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

އެމެރިކާއިން ޔަމަނަށް ވައިގެ ހަމަލާތައްދީ، ކުޑަކުދިންނާއި އަންހެނުން މަރައި ބޮޑެތި ގެއްލުންތައް މިދިނީ، ހޫޘީން އިސްތިއުމާރީ އިސްރާއީލަށް އިންޒާރުދީ، ކަނޑުމަގު ބަންދުކުރާކަން އިއުލާން ކުރުމުން އިސްރާއީލުގެ ދިފާއުގައެވެ. އިސްރާއީލުގެ ހައްގުގައެވެ. ހޫޘީން އެމެރިކާއަށް އިންޒާރުތަކެއް ދީގެނެއް ނޫނެވެ.

އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިންގައި ޓްރަމްޕް ވިދާޅުވެފައިވަނީ، އޭނާގެ ވެރިކަމުގައި އެމެރިކާ އެއްވެސް ހަނގުރާމައެއް ނުކުރާނެ ކަމަށެވެ. އެކަމަކު، ޓްރަމްޕް މިވަނީ ޒަޔަނިސްޓުންގެ ދިފާޢުގައި ސިފައިން ފޮނުވައިގެން ކުށެއްނެތް ކުޑަކުދިންނާއި އަންހެނުންގެ ބޮލަށް ބޮންއަޅާފައެވެ.

https://wamco.com.mv/
https://www.aslu.com.mv