
އެޗްޑީސީގެ ފްލެޓުތަކުގެ ބެލްކަނީ ރެއިލިން މަރާމާތުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 04 ސެޕްޓެމްބަރު 2026 - 10:24
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި، ފްލެޓުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގ މަރާމާތުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމަށް އެދުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ހުޅުވާލައިފިއެވެ.
އެޗްޑީސީން ޢާންމުކުރި އިޢުލާނެއްގައި ވާގޮތުން، މި އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މި ހިނގާ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމަށް އެދި ހުށަހަޅަންޖެހެނީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ ޚާއްޞަ ގޫގުލް ފޯމު މެދުވެރިކޮށެވެ.
އެ ކޯޕަރޭޝަނުން އިތުރަށް މަޢުލޫމާތު ދެއްވި ގޮތުގައި، ހުށަހަޅާ ފޯމުތައް އިވެލުއޭޓްކޮށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ތަންތަނުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކޮށް، މަރާމާތުގެ މަސައްކަތްތައް އެޗްޑީސީން ކުރިއަށް ގެންދާނެއެވެ.
އެޗްޑީސީން މިފަދަ ފިޔަވަޅެއް އަޅަން ނިންމާފައި މިވަނީ، އުސް އިމާރާތްތަކުން ކުޑަކުދިން ވެއްޓުމުގެ ހިތާމަވެރި ހާދިސާތަކެއް ފަހަކަށް އައިސް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން، ހުޅުމާލޭގެ ސްޓެލްކޯ ފްލެޓް ޓަވަރެއްގެ 12 ވަނަ ފަންގިފިލާއިން ވެއްޓި ދެ އަހަރުގެ ތުއްތު ކުއްޖަކު ނިޔާވި ހިތާމަވެރި ހާދިސާއެއް ވެސް ފާއިތުވި އަންގާރަ ދުވަހު ވަނީ ހިނގާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އޯލެވެލް އަދި އޭލެވެލް ދަރިވަރުންނަށް ޚާއްސަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް ތައާރަފުކޮށްފި
15 ގަޑިއިރު ކުރިން

1.7 ކިލޯގެ ޑްރަގާއި ވޭޕް އަތުލައިގަނެ، ތިން މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން

ނޭޕާލްގެ ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 1،280 އަށް ވުރެ މައްޗަށް!
18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 17.7 ކިލޯގެ މަސްތުވާތަކެއްޗާއެކު ނެޓްވޯކެއްގެ އިސް ދެ މީހަކު ހައްޔަރުކޮށްފި
18 ގަޑިއިރު ކުރިން


