logo

އދ ގެ އާއްމު މަޖިލީހުގެ ރައީސް އަށް ރައީސް ޑރ މުއިއްޒު ތަހުނިޔާ ދަންނަވައިފި

profile

މުޙައްމަދު ފަޟްލޫން - 02 ޖޫން 2026 - 18:57

އދ ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރައީސްގެ މަގާމަށް ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު ޑރ ހަލީލުއް ރަޙްމާން އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މިއީ ބަންގްލަދޭޝްގެ އިތުރުން މުޅި ދެކުނު އޭޝިއާ ސަރަޙައްދަށްވެސް ލިބިގެންދިޔަ ނުހަނު ބޮޑު ޝަރަފެކެވެ.

އަދި ޑރ ހަލީލުއް ރަޙްމާންގެ ރިޔާސަތުގައި، އދ. ގެ އާންމު މަޖިލީހަކީ ހުރިހާ މެންބަރު ގައުމުތަކަކަށްވެސް ފައިދާހުރި، މުހިންމު މަންސައަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ކާމިޔާބީއާ ގުޅިގެން ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްވެސް ވަނީ ޑރ ހަލީލުއް ރަޙްމާނަށް މަރުޙަބާ ދަންނަވާފައެވެ.

ވަޒީރުގެ މެސެޖުގައި، ޑރ ހަލީލުއް ރަޙްމާންގެ ހުރި ތަޖުރިބާއާއި ހިކުމަތްތެރިކަމާއެކު އދ. ގައި ނަމޫނާ ހިދުމަތްތަކެއް ކުރައްވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރެއްވިއެވެ. އަދި އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖޭގެ ފަރާތުން ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ އދ ގެ އާއްމު މަޖިލީހަކީ، 193 މެންބަރު ގައުމު ހިމެނޭ، އެ އިދާރާގެ ސިޔާސަތުތައް ކަނޑައަޅާ އެންމެ އިސް ގުނަވަނެވެ.

ދުނިޔޭގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މުހިއްމު ކަންކަމުގައި ގޮތް ނިންމާ މި މަޖިލީހުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، އދ ގެ ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުމާއި، ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުން އިންތިހާބުކުރުމުގެ އިތުރުން، އިދާރާގެ ބަޖެޓު ފާސްކުރުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk