
އެމްއެސްޕީއޭ އިން ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންނާއި ބައްދަލުކުރަނީ

ރިޟްވާން މޫސާ - 16 މޭ 2026 - 21:48
މޯލްޑިވްސް ސޮސައިޓީ ފޯރ ޕާރފޯމިންގްސް އާޓްސް (އެމްއެސްޕިއޭ) އިން ރާއްޖޭގެ ފިލްމް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ބައްދަލުކުރުމަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެމްއެސްޕީއޭ އަކީ 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މުނިފޫނިފިލުވުމުގެ ދާއިރާ ތަރައްގީކުރުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރަމުންދާ ސޮސައިޓީއެކެވެ.
މި ސޮސައިޓީން ކުރަމުންގެންދާ ބައެއް މުހިންމު މަސައްކަތްތަކަކީ މި ދާއިރާއަށް މީހުން ބިނާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއްެކި ފެސްޓިވަލްތަކުގައި ދިވެހިންގެ އުފެއްދުންތައް ބައިވެރި ކުރުމާއި، ރާއްޖެއިންނާއި، ރާއްޖެއިން ބޭރުން ދިވެހި ފަންނާނުންނަށް ރިކޮގޮނިޝަން ހޯދައި ދިނުމާއި، އެވޯޑު ހަފްލާތައް ބޭއްވުމުގެ އިތުރުން މީހުން ހޭލުންތެރިކުރުމެވެ.
އެމްއެސްޕީއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ސޮސައިޓީން ކުރަމުންގެންދާ މަސައްކަތް މިހާރަށްވުރެ ހަރުދަނާކޮށް ގރަނގަޅު ކުރުމަށްޓަކައި ރާއްޖޭގެ ފިލްމް ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންނާއި، ބައްދަލުކުރުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ 17 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:45 ގައި އިންޑިއަން ކަލްޗާރ ސެންޓަރ ( އައިސީސީ / ހ.އަސްރަފީވިލާ / މަޖީދީމަގު މާލެ ) ގައި ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް
.jpeg&w=3840&q=75)
މަހުދީ ނިޔާވުމަކީ ލިބުނު ވަރަށް ފުން ހިތާމައެއް، މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް: ރައީސް
16 ގަޑިއިރު ކުރިން

ކޭވް އަށް ދިޔަ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެ ގޭސްވިހަވެގެން ކަމަށް ބެލެވޭ: ޑައިވް ޓީޗަރ ތިހާމް
20 ގަޑިއިރު ކުރިން

އެމެރިކާ އިން ހިފެހެއްޓި ބޯޓުގައި ތިބި އީރާނުގެ ރައްޔިތުން ސަލާމަތް ވެއްޖެ!
20 ގަޑިއިރު ކުރިން

އައްޑޫ ވިޔަފާރިވެރިންގެ މައްސަލަ ހައްލުކޮށްދޭނީ މިސަރުކާރުން: ސައީދު
20 ގަޑިއިރު ކުރިން


.gif&w=3840&q=75)