.jpeg&w=3840&q=75)
މަހުދީ ނިޔާވުމަކީ ލިބުނު ވަރަށް ފުން ހިތާމައެއް، މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް: ރައީސް

އާމިނަތު ޝަޒްލާ - 16 މޭ 2026 - 12:18
ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށާއި، މިއީ ހިތްދަތިވެ ނުތަނަވަސްކަން ވެރިވި ޚަބަރެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މަހުދީ ނިޔާވުމާއި ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ރައީސް ވަނީ މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވާފައެވެ.
"ޑިއުޓީގަައި މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި އެމްއެންޑީއެފްގެ ހިތްވަރުގަދަ ޑައިވަރު، ސްޓާފް ސާޖެންޓް، މަރުޙޫމް މުޙައްމަދު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާށި. އާމީން،" ރައީސް ވިދާޅުވިއެވެ.
ޑައިވް ކުރަނިކޮށް މަހުދީ ޑީކޯވެ ހާލު ދެރަވުމުން ވަގުތުން ވަނީ އޭޑީކޭއަށް ގެނެސް ފަރުވާދީފައެވެ. މަހުދީ ނިޔާވިކަން ސިފައިން ވަނީ ޔަގީންކޮށްދީފައެވެ.
ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނަކީ ހައި ރިސްކު، ނުރައްކާތެރި އޮޕަރޭޝަނެކެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްއެސްޕީއޭ އިން ޕްރޮޑިއުސަރުންނާއި، ޑައިރެކްޓަރުންނާއި ބައްދަލުކުރަނީ
7 ގަޑިއިރު ކުރިން

އިޓަލީ ޑައިވަރުން ހޯދަނިކޮށް ހާލު ދެރަވި ސިފައިންގެ މީހާ ނިޔާވެއްޖެ
17 ގަޑިއިރު ކުރިން

ކޭވް އަށް ދިޔަ ފަތުރުވެރިން މަރުވީ އޮކްސިޖަން ހުސްވެ ގޭސްވިހަވެގެން ކަމަށް ބެލެވޭ: ޑައިވް ޓީޗަރ ތިހާމް
20 ގަޑިއިރު ކުރިން

އެމެރިކާ އިން ހިފެހެއްޓި ބޯޓުގައި ތިބި އީރާނުގެ ރައްޔިތުން ސަލާމަތް ވެއްޖެ!
20 ގަޑިއިރު ކުރިން


.gif&w=3840&q=75)