logo

ދަރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ ފުލުސް މީހާގެ ވަނަވަރު އާންމުކޮށްފި

profile

ރިޟްވާން މޫސާ - 13 ޖޫން 2026 - 04:28

އަމިއްލަ އަންހެން ދަރިއަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވޭ ފުލުސް އޮފިސަރުގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

https://wamco.com.mv/

މި މައްސަލައިގެ ތުހުމަތު ކުރެވޭ ފުލުހުންގެ އޮފިސަރަކީ ލ.ފޮނަދޫ، ޗިޅިޔާގެ، އުމުރުން 49 އަހަރުގެ ޝަކީބް ޔޫސުފް އެވެ.

މި މައްސަލައަކީ ޝަކީބް ޔޫސުފްގެ އަމިއްލަ އުފަން 16 އަހަރުގެ އަންހެން ދަރިފުޅަށް އެކި ދުވަސްތަކުގެ މަތިން ޖިންސީ އަނިޔާ ކުރި މައްސަލަ އެކެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަކީބް ޔޫސުފް ހައްޔަރުކޮށްފައިވަނީ 2026 ޖޫން 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ހައްޔަރުކުރި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފަ އެވެ. މި މައްސަލައިގައި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ. އޭނާ ވަނީ އޭނާއަށް ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބިފައިވާކަމަށް އޭނާ ގެ ގާތް ބައެއް މީހުންގެ ގާތުގައި ބުނެފައިވާ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދީފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk