
15 ރަށެއްގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

އާމިނަތު ޝަޒްލާ - 25 މޭ 2026 - 05:28
ރާއްޖޭގައި 15 ރަށެއްގެ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީ ޢިމާރާތުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވުޒާރާއިން އިޢުލާންކޮށްފިއެވެ.
ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ މިހާތަނަށް 18 ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން 15 ރަށެއްގެ ޞިއްޙީ މަރުކަޒު ލެބޯޓަރީ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ އިޢުލާންކޮށްފައެވެ.
ލެބޯޓަރީ އިމާރާތް ތަރައްޤީކުރާ ރަށްތަކަކީ:
- ރ. ފައިނު
- ނ. ކުޑަފަރި
- ނ. ފޮއްދޫ
- ބ. ކުޑަރިކިލު
- ބ. ދޮންފަނު
- މ. ރަތްމަންދޫ
- ލ. މުންޑޫ
- ލ. ކުނަހަންދޫ
- ށ. ގޮއިދޫ
- ހއ. މުރައިދޫ
- ހދ. ކުމުންދޫ
- ހދ. ނައިވާދޫ
- ތ. އޮމަދޫ
- ތ. ގާދިއްފުށި
- އދ. ދިއްދޫ
މި ރަށްތަކުގައި ލެބޯޓަރީ އިމާރާތް ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން އަށް ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރުމުގެ ފުރުޞަތު ޞިއްޙީ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.
ލެބޯޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށްވާއިރު ސަރުކާރުން މަސައްކަތްކުރަނީ، ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މި ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށެވެ. އަތޮޅުތަކުގައި އެކަށީގެންވާ ގޮތެއްގައި ލެބޯޓަރީ ޓެސްޓު ހެދޭނެ އިންތިޒާމު ނެތުމުގެ ސަބަބުން، އެރަށްތަކުގެ ރައްޔިތުން ޓެސްޓު ހެދުމަށް ހޮސްޕިޓަލެއް ހުންނަ ރަށަކަށް ނުވަތަ މާލެއަށް ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ. މިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފައްޓަވާފައިވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އީދު ބަންދުގައި މަސް ނުގަންނާނެ: މިފްކޯ
6 ގަޑިއިރު ކުރިން

މިއަހަރުގެ އަޟްހާ އީދުގައި އެމްއޭސީއެލް އިން ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދެނީ
6 ގަޑިއިރު ކުރިން

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަނީ
6 ގަޑިއިރު ކުރިން

މީރާ އަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 543 މިލިއަން ރުފިޔާ ހޯދައިފި
6 ގަޑިއިރު ކުރިން


.gif&w=3840&q=75)