logo
ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން---

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން---

ހުސްވި މަހު އެކަނިވެސް ކުޑަކުދިންނަށް ކުރާ އަނިޔާގެ 109 މައްސަލަ ހުށަހެޅުނު!

profile

ޖިނާން ޙުސައިން ޖަބީން - 24 ނޮވެމްބަރު 2026 - 13:13

ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އެކަނިވެސް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 109 މައްސަލައެއް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއަށް ހުށަފައިވާ ކަމަށް އެ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

https://wamco.com.mv/

އެ ވުޒާރާއިން އަންގާރަ ދުވަހު އާންމުކުރި ހުސްވި މަހުގެ ރިޕޯޓުގައިވާ ގޮތުން، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ކުދިންނަށް ކުރި އަނިޔާގެ 62 މައްސަލައަކާއި، ފިރިހެން ކުދިންނަށް ކުރި އަނިޔާގެ 47 މައްސަލައެކެވެ. މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވިފައި ވަނީ ކުދިންނަށް އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން 18 އަންހެން ކުދިންނާއި 9 ފިރިހެން ކުދިން ހިމެނޭހެން، އިހުމާލުވުމުގެ ޖުމްލަ 27 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 24 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 18 އަންހެން ކުދިންނާއި 6 ފިރިހެން ކުދިންނާ ގުޅުންހުރި މައްސަލައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅިގެން ރިޕޯޓުކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި:

  1. ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ
  2. ގެވެށި އަނިޔާގެ އަމަލެއް ހިނގާއިރު ކުއްޖާއަށް ފެނުން ނުވަތަ ދެއްކުމުގެ 14 މައްސަލަ
  3. ނަފްސާނީ ގޮތުން އިހުމާލުވުމުގެ 9 މައްސަލަ
  4. ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ 5 މައްސަލަ
  5. އެހެން ކުދިންގެ ފަރާތުން ބުލީ ނުވަތަ ގަނާ ލިބުމުގެ 4 މައްސަލަ
  6. ބިރުދެއްކުމާއި ބްލެކްމެއިލް ކުރުމުގެ 3 މައްސަލަ
  7. ކުޑަކުދިންގެ ބަދުއަހުލާގީ ވީޑިއޯއާ ގުޅޭ 2 މައްސަލަ
  8. ޖިންސީ ގޮތުން "ގްރޫމް" ކުރުމުގެ 1 މައްސަލަ
  9. ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ

މީގެ އިތުރުން، ކުޑަކުދިންގެ އަހްލާގީ މައްސަލަތަކާ ގުޅޭ 35 މައްސަލައެއް އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންގެ 22 މައްސަލައަކާއި އަންހެން ކުދިންގެ 13 މައްސަލަކަން ފާހަގަކޮށްލަންޖެހެއެވެ.

https://wamco.com.mv/
tel:+9607331319