logo
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން---

ހޯމް ސްކޫލިންގއާ ގުޅޭ ބިލު ބަލައިގަންނަން މަޖިލީހުން ފާސްކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 02 ނޮވެމްބަރު 2026 - 10:49

ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ ބައްޔެއްގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް އުޒުރުވެރިވާ ކުދިންނަށް، ގޭގައި ތިބެގެން ތައުލީމު ހާސިލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށްޓަކައި، ތައުލީމީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

https://wamco.com.mv/

ސަރުކާރުގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމް ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުންނެވެ. މި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ތެރެއަށް ހޯމް ސްކޫލިންގ ތައާރަފުކޮށް، ހާއްސަ ހާލަތްތަކުގައިވާ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގޮތުން، ކުއްޖާގެ ނުކުޅެދުންތެރިކަން ނުވަތަ ނަފުސާނީ ހާލަތު ވަޒަންކުރުމަށް ހެދޭ ހާއްސަ އެސެސްމަންޓްތަކުގެ އަލީގައި، އެފަދަ ކުދިންނަށް ގޭގައި ތިބެގެން މަދުރަސީ ތައުލީމު ފޯރުކޮށްދެވޭނެ އުސޫލުތައް މި ބިލުގެ ދަށުން ކަނޑައެޅިގެންދާނެއެވެ.

މީގެއިތުރުން، ސްކޫލް މާހައުލުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މިހާރަށްވުރެ ހަރުދަނާކޮށް، މިހާރު އަމަލުކުރެވެމުންދާ ތައުލީމީ ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް އެދެވޭ ހައްލުތަކެއް ހޯދައިދިނުންވެސް މި ބިލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކުއްޖާގެ ނުކުޅެދުންތެރިކަން ހުރި މިންވަރުން ސްކޫލަށް ހާޒިރުވެގެން ނުވަތަ ހޯމް ސްކޫލިންގ މެދުވެރިކޮށްވެސް ތައުލީމު ހާސިލުކުރުމުގެ ކުޅަދާނަކަން ނެތް ހާލަތްތަކުގައި، އެއީ މަޖުބޫރު ތައުލީމު ލާޒިމުވާ ކުދިންނެއް ނޫނެވެ. އެހެންނަމަވެސް، އެފަދަ ހާލަތްތަކުގައިވެސް ކުއްޖާގެ ގާބިލުކަން ތަންދިން މިންވަރަކުން އުނގަންނައިދިނުމަށް ބެލެނިވެރިން މަސައްކަތްކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި މަޖުބޫރު ތައުލީމުން އިސްތިސްނާވާނެ ޝަރުތުތަކާއި މިންގަނޑުތައް، ކަމާބެހޭ ވުޒާރާއިން އެކުލަވާލާ ގަވާއިދެއްގެ ދަށުން ކަނޑައެޅުމަށްވެސް ވަނީ ހިމަނާފައެވެ.

ހޯމް ސްކޫލިންގ ޕްރޮގްރާމްގެ ދަށުން ކިޔަވައިދިނުމުގެ ހުއްދަ ލިބެނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވުމުންނެވެ. އެއީ ޖިސްމާނީ ނުވަތަ ނަފުސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން، ނުވަތަ ހާއްސަ ހާލަތެއް މެދުވެރިވެގެން ސްކޫލަށް ހާޒިރުވެވެން ނެތް ކުއްޖަކު ކަމުގައިވުމާއި، ގޭގައި ބައިތިއްބައިގެން ކިޔަވައިދިނުމުގެ މާލީ އަދި ވަސީލަތްތަކުގެ ގާބިލުކަން ބެލެނިވެރިންގެ ކިބައިގައި ހުރުމުގެ އިތުރުން މަދުރަސީ ތައުލީމީ ނިޒާމުގެ ތެރެއިން، ސްކޫލެއްގައި ދަރިވަރު ރަޖިސްޓަރީވެފައިވުމެވެ.

https://wamco.com.mv/
tel:+9607331319