logo

އެއްބަސްވެވޭ ހުރީ އެންމެ ކެނޑިޑޭޓެއް، އެއީ ރައީސް ސޯލިހު - ރޮޒެއިނާ

profile

އަހުމަދު ޒަލީފު - 21 ޖުލައި 2023 - 20:33

ރޮޒެއިނާ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ރޮޒެއިނާ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

އިދިކޮޅު ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓަކު ހޯދަން މަސައްކަތް ކުރަމުންދާއިރު އެ ކެންޑިޑޭޓަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

"މިވަރުން ކިހިނެއްތޯ ދެން ކޮމަން ކެންޑިޑޭޓެއް ނެރޭނީ؟ އެކަމަކު މި ބޭފުޅުން މި އުޅެނީ އެއް ގޮތަކަށް ވެސް ވެރިކަން ބޭނުންވެގެނެއް ނޫން އިނގޭތޯ،" ރޮޒެއިނާ ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ނިމުނުތަނުން އިދިކޮޅު ޕީޕީއެމުން ކޮމަން ކެންޑިޑޭޓަކީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ބުނެ ބަޔާނެއް ނެރުނު ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

"އަދި އެ ބޭފުޅާ ވީ ތަނެއް ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ. އެހެންވީމަ މި ހާލަތުގައި އަޅުގަނޑު އެ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މި އިންނެވީއޭ ކޮމަން ކެންޑިޑޭޓު. ވަޑައިގަންނަވާށޭ، މިއަށް ވުރެ ރަނގަޅު ޗޮއިސްއެއް ތިބޭފުޅުންނަށް ވެސް ނުލިބޭނޭ،" އޭނާ ވިދާޅުވި އެވެ.

ހއ. ދިއްދޫގައި ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ކޮމަން ކެންޑިޑޭޓެއް ނެރުމުގެ މަޝްވަރާތައް ހިނގި ވާހަކަތަކެއް ނޫސްތަކުން ފެނުނު ކަމަށާއި ހުރިހާ ބޭފުޅުންނަށް އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވެވުނު އިރު އެ ކެންޑިޑޭޓަކީ ކޮބައިހޭ ބުނާއިރަށް ހުރިހާ އެންމެން ތިބީ އަތްމައްޗަށް ނަގައިގެން ކަމަށެވެ.

އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރެން އެއްބަސްވި ނަމަވެސް ސަރުކާރާއި ދެކޮޅު ހުރިހާ ޕާޓީތަކަކުން ވެސް އަންނަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެން ނެރެގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

https://wamco.com.mv/
tel:+9607331319