.webp&w=3840&q=75)
މީޑިއާ ރެގިއުލޭޓް ކުރުމާއި ބެހޭ ބިލު މަޖިލީހުން ފާސްކޮށްފި

މުޙައްމަދު ފަޟްލޫން - 16 ސެޕްޓެމްބަރު 2025 - 14:13
މީޑިއާ ރެގިއުލޭޓް ކުރުމާއި ބެހޭ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
މި ބިލު ފާސްކޮށްފައިވަނީ 60 މެމްބަރުންގެ ވޯޓާއި އެކުގައެވެ.
މި ބިލާއި ދެކޮޅަށް 1 ވޯޓްދީފައިވަނީ އެންމެ މެމްބަރެކެވެ.
މީޑިއާ ރެގިއުލޭޓް ކުރުމާއިބެހޭ ބިލު ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި ގެނެވުނު ގިނަ އިސްލާޙުތަކާއި އެކުގައެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގައި މީޑިއާ ބިލާއި ބެހޭ ގޮތުން ފުޅާ ދާއިރާގައި މަޝްވަރާކުރެވިފައެވެ. އެގޮތުން ކެލާ ދާއިރާގެ މެމްބަރު ޢަބްދުﷲ ޝަރީފް ވަނީ ކޮމިޓީގައި މީޑިއާ ބިލަށް އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.
ޝަރީފް ހުށަހެޅުއްވި މުހިއްމު އިސްލާހުތަކުގެ ތެރޭގައި، މީޑިއާ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް ޢައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުތައް ހިމެނެއެވެ.
ބިލުގެ 18 ވަނަ މާއްދާގައި ކޮމިޝަނުގެ މެންބަރުންގެ ހުންނަންޖެހޭ ސިފަތަކުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މަޤާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުން ހިމެނުމަށް ވަނީ އިސްލާހު ގެނެސްފައެވެ.
ބިލުގެ 41 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެފަދަ މަޢުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިޙްތިރާމްކުރުމަކީ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވެސް ވަނީ އިސްލާހު ގެނެސްފައެވެ.
އަދި، ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކޮށް، ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން އިދާރީ ފިޔަވަޅެއްގެ ގޮތުން، ވަގުތީގޮތުން މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް ލިބިދީފައިވާ މާއްދާ (66 ވަނަ މާއްދާގެ (ޅ) އުނިކުރުމަށްވެސް ކޮމެޓީ މަރުހަލާގައި ވަނީ އިސްލާހު ގެނެސްފައެވެ. މި އިސްލާހުތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެދާނެ ބިރުވެރިކަން ކުޑަވެ، މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އިތުރަށް ހުޅުވިގެންދާނެއެވެ.
މި ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި، ތަރައްގީ ކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއި ދޮގު ޚަބަރު ފެތުރުން ހުއްޓުވުމުގެ އިތުރުން ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްގުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރު ކުރުމުގެ ގޮތުން މީޑިއާތަކާއި ނޫސްވެރިން އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅުނު ބިލެކެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން