
އޭއައި އަށް ޓީޗަރުން ތަމްރީނު ކުރަނީ

ޝަހްޒާ މުޙައްމަދު - 11 އޮކްޓޯބަރު 2025 - 11:25
އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ބައެއް މާއްދާތައް ކިޔަވައި ދޭން ޓީޗަރުން ތަމްރީނުކުރުމުގެ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި ފެށި ޕްރިންސިޕަލުންގެ މަހާސިންތާގައި މިނިސްޓަރު ވިދާޅުވ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް ރޯދަ މަހު ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުމަށް ސަރުކާރުން ވިސްނާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ދިރިއުޅުމާ ދޭތެރޭގައި ވިސްނާ، ގައުމާއި ދުނިޔެއާ ދޭތެރޭ އުފެއްދުންތެރި ވިސްނުންތެރި ކުދިން އުފެއްދޭނީ، ކިއުރިއަސް މައިންޑްތަކެއް ސްކޫލު ދައުރުގައި އުފެއްދިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި ކަރިކިއުލަމް އަށް ބަދަލުގެންނަށް ޖެހޭހަކަމަށެވެ. އެކަމުގެ މެޕިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
.jpg&w=3840&q=75)
ސްކޫލް ޔުނިފޯމަށް ގެންނަ ބަދަލާއިއެކު ޔުނީފޯމް ހޯދަން ފަސޭހަވާނެ: އެޑިއުކޭޝަން
10 ދުވަސް ކުރިން

ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި އެޑިއުކޭޝަން މިނިސްޓަރ ބައްދަލުކުރައްވައިފި
15 ދުވަސް ކުރިން

ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ، ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް: އެޑިއުކޭޝަން މިނިސްޓަރ
4 މަސް ކުރިން

ދިރާސީ އައު އަަހަރު ފެށޭއިރު ހުޅުމާލޭ ފޭސް 2 ގައި ޝަހީދު އަލީ ސްކޫލް ހުޅުވާނެ: އެޑިއުކޭޝަން މިނިސްޓަރ
5 މަސް ކުރިން


