
ދިރާސީ އައު އަަހަރު ފެށޭއިރު ހުޅުމާލޭ ފޭސް 2 ގައި ޝަހީދު އަލީ ސްކޫލް ހުޅުވާނެ: އެޑިއުކޭޝަން މިނިސްޓަރ

މުޙައްމަދު ފަޟްލޫން - 03 ޖުލައި 2025 - 15:07
ދިރާސީ އައު އަަހަރު ފެށޭއިރު ހުޅުމާލޭ ފޭސް 2 ގައި ޝަހީދު އަލީ ސްކޫލް ހުޅުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފޭސް 2 ގައި މިސަރުކާރުން އަލަށް ތަރައްގީ ކުރަމުންދާ ސްކޫލްގެ މަސައްކަތްތައް އެޑިއުކޭޝަން މިނިސްޓަރ ވަނީ މިއަދު ބައްލަވާލައްވާފައެވެ.
ހުޅުމާލޭގެ ފޭސް 2 ގައި ތަރައްގީ ކުރާ ހުރަވީ ސްކޫލަކީ ގްރޭޑް 10 އަކާ ހަމައަށް ކިޔަވާދޭނެ ސްކޫލެކެވެ. މިސްކޫލުގައި ޓީޗަރުންނަށް ވަކިން އަދި ދަރިވަރުންނަށް ވަކި ކެފެޓީރިއާއެއް ހުންނާނެ ކަމުގައި ވަނީ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެހެން ސްކޫލުތަކާ ހިލާފަށް މި ސްކޫލުގައި ހޯލަކާއެކު އޮޑިޓޯރިއަމްއެއް ގާއިމް ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި ސްކޫލު އިމާރާތްކޮށް ނިމޭއިރު ހުރިހާ ކްލާސްރޫމެއް އޭސީ ކުރެވިފައި ހުންނާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ރަނގަޅު ފެންވަރުގެ ލައިބްރަރީއަކާއި ސައިންސް ލެބަތައް ވެސް ހުންނާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވާއިރު، 20 ކުދިންގެ 3 ލިފްޓާއެކު ސޯލާޕެނެލް ވެސް މި ސްކޫލުގައި ގާއިމް ކުރެވޭނެ ކަމަށް ވެސް ވަނީ މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލު މިހާރު ހުރިތަނުގެ ސަބަބުން ކުދިނަނަށް ފަސޭހަކަމާއެކު ސެޝަންތަކުގައި ކުޅިވަރު ކުޅުމަށް ދަނޑުތަކަށް ދެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހުޅުމާލޭގެ ފޭސް 2 ގައި ހަދަމުންދާ ސްކޫލަކީ ހަތަރެސް ކަނަށް ހަދަމުންދާ ސްކޫލެކެވެ.މި ސްކޫލު އެގޮތަށް ބިނާކުރުމުގެ މަގުސަދަކީ ވަށައިގެންވާ އުސްއިމާރާތްތަކުން ސްކޫލުގެ އެތެރެ ނުފެންނާނެ ގޮތަކަށް ބައްޓަން ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ސްކޫލަށް ޝަހީދު އަލީގެ ނަމުން ނަން ދެވިގެން ގޮސްފައިވަނީ ޝަހީދް އަލީ ރަސްގެފާނަށް ނިސްބަތްކޮށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ވޯކް ޕްލޭސް އިންކްލޫސިވްގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
10 މިނިޓު ކުރިން

ސުނާމީ ރެޑީ ބޯޑުގެ ވައިސް ޗެއާއަަކަށް ލޯކަލް ގަވަމަންޓް މިނިސްޓްރީ
2 ގަޑިއިރު ކުރިން

ސިނގިރޭޓް ކޮންޓެއިނަރ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި
2 ގަޑިއިރު ކުރިން

ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފި
2 ގަޑިއިރު ކުރިން


