
ފުލުހުންގެ އަސާސީ ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 16 ޑިސެމްބަރު 2025 - 05:50
ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށްގެންދާ އަސާސީ ތަމްރީން ކޯހުގެ 41ވަނަ ބެޗުގެ ކިޔެވުން ނިންމައި ޝަރަފުގެ ހިނގާލުން ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާނެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނާވީނާއި، ބޭރުގެ ސަފީރުންނާއި، ފުލުހުންގެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ މަރުކަޒުގައި ހުސްވި އޮގަސްޓް މަހުގެ ތެރޭގައި ފެށި މި ކޯހުގައި 210 ފުލުހުން ބައިވެރިވިއެވެ. ނަމަވެސް ކޯސް ފުރިހަމަ ކުރީ 185 ދަރިވަރުންނެވެ. މީގެ ތެރޭގައި ހިމެނެނީ 107 ފިރިހެން ފުލުހުންނާއި 78 އަންހެން ފުލުހުންނެވެ.
ފުލުހުންގެ 41 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގއ، ގެމަނަފުށީ އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފް އެވެ.
އެންމެ މޮޅު ދަރިވަރަށް ދޭ ހަނދާނީ ފިލާ ހަވާލުކުރެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހްސާން އެވެ.
ކޯހުގެ އެއްވަނަ ހޯދުމާއެކު، އިމްޝާއަށް ވަނީ ކޮމިޝަނަރސް އެކްސެލެންސް އެވޯޑުވެސް ލިބިފައެވެ.
މި އެވޯޑު ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެވެ.
މި ރަސްމިއްޔާތުގައި އިންޑޯ އަދި އައުޓްޑޯ މާއްދާތަކުން އެންމެ މޮޅު ދަރިވަރުންނާއި ސްކުއަޑްތަކުން އެންމެ މޮޅު ދަރިވަރުންވެސް ވަނީ ހޮވާފައެވެ.
ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ޤާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.
ގުޅުން ހުރި ޙަބަރުތައް

އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ އެންޓްރީ ޕާސް އޮވެގެން: އިމިގްރޭޝަން
22 މިނިޓު ކުރިން

އިންފޮމޭޝަން އޮފިސަރުންނަށް ގާނޫނު އެނގޭ މީހުން އައްޔަނުކުރަން އަންގައިފި
30 މިނިޓު ކުރިން

ސްރީލަންކާގައި ދިވެހި އައިޑީކާޑްގެ ހިދުމަތް ދޭން ފަށައިފި
ގަޑިއިރެއް ކުރިން

ވޯކް ޕްލޭސް އިންކްލޫސިވްގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
3 ގަޑިއިރު ކުރިން


