
ސިނގިރޭޓް ކޮންޓެއިނަރ މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފި

މުޙައްމަދު ފަޟްލޫން - 16 ޑިސެމްބަރު 2025 - 05:55
ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ވަގަށް ނެގި މައްސަލާގައި 10 މީހެއްގެ މައްޗަށް ދައުވާ އުފުލައި، މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން އޮފީހުން ބުނީ އެ މައްސަލައިގައި ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ތަހުގީގު ނިންމާ ޕީޖީ އިން ފުލުހަށް ފޮނުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން ދައުވާ އުފުލާފައިވަނީ 10 މީހެއްގެ މައްޗަށް ކަމަށްވެސް ޕީޖީ އިން ވަނީ ބުނެފައެވެ.
އަހްމަދު އާރިފް އާއި މުހައްމަދު ވަހީދުގެ އިތުރުން މުއާޒު އަލީގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން އަދި ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ވެސް އެ ތިން މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.
ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އާއި އެމްޕީއެލްގެ ދެ މުވައްޒަފުން ކަމަށްވާ ހދ. ވައިކަރަދޫ ނޫރަލީގޭ، އަހުމަދު ޝަހީމާއި ހ. ރުމޭނިއާ، އަހުމަދު ފިރުސާންގެ މައްޗަށް ވެސް އެ ދެ ދައުވާއެއް ވަނީ އުފުލައިފަ އެވެ. އެއީ އެއީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރުހިންގުމާއި އެކަން ރޭވުމުގެ ދައުވާ އެވެ.
ހުސައިން ސާމިހު އާއި އާދަމް ވަހީދުގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ދައުވާއެވެ.
ހަސަން އަބްދުއްރަހުމާން އާއި ބަނގުލަދޭޝް މުހައްމަދު އަލަމިން މިއާގެ މައްޗަށް ކޮށްފައި ވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
ޖިނާއީ ދައުވާއެއް ކުރެވޭ ވަރުގެ ހެކި ނެތުމުން ދަފްތަރު ނަންބަރު ރސ 1355 މުހައްމަދު ޝަރީފުގެ މައްޗަށް ދައުވާ ނުކުރުމަށް ޕީޖީ އިން ވަނީ ނިންމާފައެވެ.
ގުޅުން ހުރި ޙަބަރުތައް

އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އާދެވޭނީ މުއްދަތު ހަމަނުވާ އެންޓްރީ ޕާސް އޮވެގެން: އިމިގްރޭޝަން
ގަޑިއިރެއް ކުރިން

އިންފޮމޭޝަން އޮފިސަރުންނަށް ގާނޫނު އެނގޭ މީހުން އައްޔަނުކުރަން އަންގައިފި
ގަޑިއިރެއް ކުރިން

ސްރީލަންކާގައި ދިވެހި އައިޑީކާޑްގެ ހިދުމަތް ދޭން ފަށައިފި
ގަޑިއިރެއް ކުރިން

ވޯކް ޕްލޭސް އިންކްލޫސިވްގެ ނަމުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން


