logo
—

ކެޕްޓަން އިބުރޭ އަށް ޤާޞިމްގެ ހިފެހެއްޓުމެއް ނެތް ތަޢުރީފް!

profile

އަހުމަދު ޒަލީފު - 04 މޭ 2023 - 18:35

ރާއްޖޭގެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު (ކެޕްޓަން އިބުރޭ) 40 އަހަރު ޕައިލެޓެއްގެ ގޮތުގައި ރާއްޖެއަށް ޚިދުމަތްކުރުމަށްފަހު މިއަދު ރިޓަޔާރ ކުރައްވައިފިއެވެ.

https://wamco.com.mv/

އުމުރުން 65 އަހަރުގައި ރިޓަޔަރ ކުރެއްވުމުގެކުރިން އެންމެފަހު ކެޕްޓަން އިބުރޭ ދަތުރުކުރެއްވީ ވިލާ އިންޓަނޭޝަނަލް އެއާޕޯޓް މާމިގިލިން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓެއް ވެސް ދިނެވެ. އެ ދަތުރަށްފަހު ވިލާ އެއާ އާއި އޭވިއޭޝަން ދާއިރާގެ ގިނަ މުވައްޒަފުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކެޕްޓަން އިބުރޭގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާއާއެކު ފޮޓޯ ނަގާފައެވެ.

It is my pleasure to extend warm congratulations to my good friend Capt. Ibrahim Rasheed, for successfully completing his final flight today(Fly Me VP 609) with Villa Air @villaairmv from (VIAM) Villa International Airport Maamigili to (VIA) Velana International Airport Male'.… pic.twitter.com/ZHZaKrr5vV

— Qasim Ibrahim (@qasimibrahim) May 4, 2023

ރާއްޖޭގައި އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންގެ އެއް ނަމްބަރު ލައިސަން ހޯއްދަވައި، ރާއްޖޭގެ ފުރަތަމަ ޕައިލެޓަކަށް ވެވަޑައިގެންނެވީ ކެޕްޓަން އިބުރޭކަން ޤާސިމް ފާހަގަކުރެއްވިއެވެ. ފާއިތުވީ 40 އަހަރުގެ ދިގު ކެރިއަރުގައި ކެޕްޓަން އިބުރޭ ރާއްޖޭގެ އެއާލައިންތަކާއި، ގައުމީ ދިފާއީ ބާރަށް ވެސް ޚިދުމަތްކުރެއްވިކަން ޤާސިމް ފާހަގަކުރެއްވިއެވެ.

ކެޕްޓަން އިބުރޭ ވަނީ އެއާ މޯލްޑިވްސްއާއި ގައުމީ ދިފާއީ ބާރުގެ އިތުރުން އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް ޚިދުމަތްކުރައްވާފައެވެ. އެންމެފަހުން މަސައްކަތްކުރެއްވީ ވިލާ އެއާ އަށެވެ.

ޤާސިމް އިތުރަށް ވިދާޅުވީ، ކެޕްޓަން އިބުރޭގެ އޭވިއޭޝަން ކެރިއަރަކީ އެފަދަ ދެވަނައެއްނެތް ލާމަސީލު މިސާލެއް ކަމަށާއި، ރާއްޖޭގައި ފުރަތަމަ އެއާލައިން ޕައިލެޓުގެ ހައިސިއްޔަތުން އޭނާ ވަނީ ޝައްކެއްވެސް ނެތްގޮތުގައި ވަރަށް ފުރިހަމަ ލެގަސީއެއް ދޫކުރައްވާފައި ކަމަށެވެ.

https://etukuri.mv/
https://www.aslu.com.mv